Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކެފޭއެއްގައި އިން މީހަކު މަރުވެއްޖެ

ކެފޭއެއްގައި އިން މީހަކު މަރުވެއްޖެ

މާލޭގެ ކެފޭއެއްގެ ތެރޭގައި އިން މީހަކު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން މިއަދު ބުނީ މާލޭގެ މާފަންނުގައި ހުންނަ ކެފޭއެއްގައި އިން މީހަކު ހަބަރު ހުސްވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

މަރުވެފައިވަނީ މާލެ ސިޓީ, މ. މޫން ޑްރޮފްސް, އުމުރުން 58 އަހަރުގެ އަހްމަދު ޝަރީފް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް