Sunday, 1 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޓްރާންސްޕޯޓް މިނިސްޓްރީގެ ހިދުމަތްތައް ލަސްކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ

ޓްރާންސްޕޯޓް މިނިސްޓްރީގެ ހިދުމަތްތައް ލަސްކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ

ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ހިދުމަތްތައް ލަސްކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

އޮޑިޓް އޮފީހުން އާންމުކުރި ޓްރާންސްޕޯޓް މިނިސްްޓްރީގެ ޕާފޯމަންސް ރިޕޯޓުގައި ބުނީ މިނިސްޓްރީން ފޯރުކޮށްދޭ ހިދުމަތްތަކުގެ ދުވެލި އަވަސްކޮށް، ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ސާވިސް ޗާޓާއެއް ތައާރަފުކުރި ނަމަވެސް މުވައްޒަފުން ސާވިސް ޗާޓާއަށް އަހުލުވެރިކޮށް އެއަށް އަމަލު ކުރުމަށް ބާރު އަޅާފައި ނުވާ ކަމަށެވެ.

އަދި 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހާ ހަމައަށް މިނިސްޓްރީއަށް ލިބިފައިވާ ދެ ފުރޮޅުލީ އުޅަނދާ ގުޅޭ އެޕްލިކޭޝަންތައް ބެލި ބެލުމުން ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކޮށްފައިވާ ކޮންމެ މުވައްޒަފަކު ހިދުމަތް ދިން އެޕްލިކޭޝަންގެ ތެރެއިން ވެސް މަދުވެގެން 40 އިންސައްތަ އެޕްލިކޭޝަން ސާވިސް ޗާޓާގައިވާ މުއްދަތަށް ވުރެ ލަސް ކަމަށް ފާހަގަކޮށްފައިވެ އެވެ.

Advertisement
HDC — Sidebar (box)

އެހެންނަމަވެސް މިނިސްޓްރީން މިފަދަ އެސެސްމަންޓެއް ހަދައި ހިދުމަތް ދިނުން ލަސްވެފައިވާ އެޕްލިކޭޝަންތައް ދެނެގަނެ، މަސައްކަތްތައް ހަލުވި ކުުރުމަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.

އެކަމުގެ ސަބަބުން އާންމުންނަށް ލިބޭ ހިދުމަތުގެ ފެންވަރު ދަށްވެ، މިނިސްޓްރީއަށް ކުރާ އިތުބާރު ގެއްލިގެން ހިނގައިދާނެ ކަމަށް ރިޕޯޓުގައިވެ އެވެ.

އެހެންކަމުން މިނިސްޓްރީއަށް ހުށަހެޅޭ އެޕްލިކޭޝަންތަކަށް ހިދުމަތް ދިނުމަށް ހޭދަވާ ވަގުތުގެ އެސެސްމަންޓްތައް ގަވައިދުން ހަދައި، ހިދުމަތް ދިނުމަށް ލަސްވާ އެޕްލިކޭޝަންތަކާއި ސަބަބުތައް ދެނެގަނެ، ހިދުމަތުގެ ފެންވަރު އިތުރު ކުރުމަށް ލަނޑުދަނޑިތައް ކަނޑައެޅުމަށް އޮޑިޓް ރިޕޯޓުގައި ޓްރާންސްޕޯޓް މިނިސްޓްރީއަށް ވަނީ ލަފާދީފަ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް