Monday, 2 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މޫދަށް އެރި އުޅެނިކޮށް އޮޔާދަމައިގަތް މީހާ އިތުރު ފަރުވާއަށް މާލެއަށް

މޫދަށް އެރި އުޅެނިކޮށް އޮޔާދަމައިގަތް މީހާ އިތުރު ފަރުވާއަށް މާލެއަށް
ވިލިމާލެ ވޯޓަ ސްޕޯޓްސް ބީޗުން މޫދަށް އެރި އުޅެނިކޮށް އޮޔާދިޔަ މީހަކާއި އެ މީހާއަށް އެހީތެރިވާން އުޅުނު ބަޔަކު ސަލާމަތްކޮށްފި އެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަނީ އޮޔާދާ ބަޔަކު ސަލާމަތް ކުރުމަށް އެމްޓީސީސީގެ ފެރީއެއް އެ މީހުންނާ ގާތްކޮށް މަސައްކަތް ކުރާ ތަނެވެ. ފެރީގައި ތިބި މީހުން އެ މީހުންނަށް އެހީވާން ކުރި މަސައްކަތުން ސަލާމަތް ކުރެވޭ ތަން ފެންނަނީ އެންމެ މީހެކެވެ. ބާކީ ތިބި މީހުން ސަލާމަތް ކޮށްފައި ވަނީ އެވަގުތު އެ ސަރަހައްދަށް އައި މެރިން ޕޮލިސްގެ ލޯންޗަކުންނެވެ. އެކަމާ ގުޅިގެން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ވިލިމާލެއިން މޫދަށް އެރި އުޅުނު މީހަކު އޮޔާ ދަމައިގަތް ކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ މިއަދު މެންދުރުފަހު 3:55 ހާއިރު ކަމަށެވެ. ފުލުހުން ބުނި ގޮތުގައި އެ މީހާ ނެގީ އެ ސަރަހައްދުން ދަތުރުކުރި އެމްޓީސީސީގެ ފެރީއަކުން ކަމުގަ އެވެ. އަދި އެއީ ދިވެއްސެއް ކަމަށް ފުލުހުން ބުންޏެވެ.
"އެ މީހާއަށް ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާއަށް މާލެ ވަނީ ގެންގޮސްފައި. މީހާ ސްޓޭބަލް ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް ވަނީ މައުލޫމާތު ދީފައި،"
ފުލުހުން އިތުރަށް ބުނީ މެރިން ޕޮލިސްގެ ލޯންޗަށް ނަގާފައި ވަނީ އޮޔާ ދިޔަ މީހާ ސަލާމަތްކުރަން ދިޔަ މީހުން ކަމަށެވެ. މި ކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުުހުން ދަނީ ބަލަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް