ތޫނު އެއްޗަކުން ބިރުދައްކައި، ބިދޭސީއެއްގެ އަތުން ފޭރުނު 3 މީހަކު ހައްޔަރުކޮށްފި

ތޫނު އެއްޗަކުން ބިދޭސީއަކަށް ބިރުދައްކައި ފޭރުނު މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް 3 މީހަކު މިއަދު ގެންގޮސްފި އެވެ.
މީޑިއާއަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލައިގެ ރިޕޯޓް ލިބިފައިވަނީ ރޭ 22:14 ހާއިރު ކަމަށެވެ.
އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 3 މީހުންގެ ވަނަވަރު ވަނީ އާންމުކޮށްފަ އެވެ.
އެއީ:
- ސ. ހިތަދޫ، އައްޒާ، މުބާރިކު މުހައްމަދު (34އ)
- ޏ. ފުވައްމުލައް، ދިގުވާނޑު/ ގުރަހާގެ، އަހުމަދު ފަޔާޒް (30އ)
- ޏ. ފުވައްމުލައް، ދިގުވާނޑު/ ކައިރުގެ، އަހުމަދު ނަދީފް (36އ)
ފުލުހުން ބުނީ އެ 3 މީހުން އަތުލައިގަތީ ނޯތު ހާބަރުގެ ސަރަހައްދުން ކަމަށެވެ.
އެ މީހުން ފޭރިފައިވަނީ 1000 ރުފިޔާ، 10 ޔޫރޯ، 10 ބަންގްލަދޭޝް ޓާކާ، 20 ސްރީލަންކަން ރުފީ، 500 އިންޑިއަން ރުފީ އަދި 2 ސިންގަޕޫރު ޑޮލަރެވެ. ހައްޔަރުކުރި މީހުން އަތުން 1000 ދިވެހި ރުފިޔާ އާއި 20 ސްރީލަންކަން ރުޕީ އަދި 2 ސިންގަޕޫރު ޑޮލަރު ފެނިފައިވެ އެވެ.
ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ބަލަމުންނެވެ.
ޢަދިވެސް ސިނގިރޭޓާ އެއްޗެހި އަގު ބޮޑު ކުރަންވީ.