Monday, 2 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އެމްޑީޕީގެ ލޯގޯ ޖަހާފައި ކުޑޫ ދައުވަތު ދިނުމުން ސައިފު ނިންމީ ނުދާން

އެމްޑީޕީގެ ލޯގޯ ޖަހާފައި ކުޑޫ ދައުވަތު ދިނުމުން ސައިފު ނިންމީ ނުދާން

އެމްޑީޕީގެ ލޯގޯ ޖަހައި ރައްޔިތުންނާ ބައްދަލުކުރަން ދައުވަތު ދިނުމުން އެ ބައްދަލުވުމަށް ވަޑައިނުގަންނަވަން މާލޭ ސިޓީގެ ގަލޮޅު އުތުރު ދާއިރާ ތަމްސީލުކުރައްވާ ކައުންސިލް މެމްބަރު ސައިފް ފާތިހު ނިންމަވައިފި އވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް ވެސް ބައިވެރިވެލައްވާ ގޮތަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މިރޭ އެ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވާ ގޮތަށް އޮތީ ހަަމަޖެހިފަ އެވެ.

ނަމަވެސް ޑިމޮކްރެޓްސްއަށް ނިސްބަތްވާ ސައިފް އެކްސްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެ މެމްބަރު ތަމްސީލުކުރައްވާ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރާއިރު ވަކި ޕާޓީއެއްގެ މީހަކަށް ބެލުމެއް ނެތި ހުރިހާ ރައްޔިތުންނަށް ވެސް ޝާމިލުކުރަން ޖެހޭނެ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

ސައިފް ވިދާޅުވީ މެމްބަރު އިބްރާހިމްއަކީ ހަމައެކަނި އެމްޑީޕީ ތަމްސީލު ކުރައްވާ ބޭފުޅާ ނޫން ކަމަށާއި އޭނާއަކީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރުވެސް ކަމަށެވެ.

އެހެން ނަމަވެސް އެ ބައްދަލުވުމުގެ ޝަރަފްވެރި މެހެމާނަކަށް އެމްޑީޕީއަަށް ނިސްބަތްވާ ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ހަމަޖެއްސުމަކީ ގިނަ ބަޔަކު ބާކީކޮށްކޮށް ވަކި ފިކުރެއްގެ ބައްދަލުވުމަކަށް ހެދުންކަމަށް ސައިފް ވިދާޅުވި އެވެ.

އަދި ރައްޔިތުންނާ ބައްދަލުކުރުމުގެ ނަމުގައި އޮޅުވާލައިގެން ބާއްވާ އެމްޑީޕީގެ ބައްދަލުވުމެއްގައި ބައިވެރިނުވާނެ ކަމަށް ވެސްް ސައިފް ވިދާޅުވި އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް