Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އީސީ އާއި އޭސީސީއަށް މެންބަރުން އައްޔަންކުރައްވައިފި

އީސީ އާއި އޭސީސީއަށް މެންބަރުން އައްޔަންކުރައްވައިފި
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަން ކޮމިޝަން (އީސީ) އަށް ރައީސް ޑރ މުހައްމަދު މުއިއްޒު 4 މެންބަރުން މިއަދު އައްޔަންކުރައްވައިފި އެވެ. މެންބަރުކަމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން، ރައީސް ހަވާލުކުރެއްވީ އެކަމަށްޓަކައި މިއަދު ރައީސް އޮފީހުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އޭސީސީގެ މެންބަރުކަމަށް އައްޔަންކުރެއްވީ:
  1. އަހްމަދު ނާޝިދު، މއ. ގޯލްޑަންމޫން
  2. އަބްދުﷲ ނާޝިދު، ރ. އަލިފުށި، ފަސާނާ.
ނާޝިދަކީ ޕޮލިސް ބޯޑްގެ މެންބަރުކަމާއި، ކުރީގެ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ. ނާޝިދަކީ އިންޑިއާގެ ރީޖަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އިން މާސްޓާ އޮފް އެޑިއުކޭޝަން (ސްކޫލް މެނޭޖްމަންޓް) ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އާސަންދަ ކުންފުނީގެ އެކި ޑިޕާޓްމަންޓުގެ މެނޭޖަރުކަންވެސް އޭނާ ވަނީ މީގެ ކުރިން ކުރައްވާފަ އެވެ. އީސީގެ މެންބަރުކަމަށް އައްޔަންކުރެއްވި ދެ ބޭފުޅުންނަކީ:
  1. މުހައްމަދު ޒާހިދު، ދަފުތަރު ނަންބަރު ރސ 1548
  2. އަބްދުއްރަހްމާން ސަލާހް ރަޝީދު، ކ.ހުރާ، ރޯޒް
[caption id="attachment_266699" align="aligncenter" width="1500"] އީސީ އަށް އައްޔަންކުރެއްވި ދެ މެންބަރުން، މެންބަރުކަމުގެ ހުވާކުރައްވަނީ/ ފޮޓޯ: ރައީސް އޮފީސް[/caption] ކޮމިޝަންގެ މެންބަރުކަމުގެ ލިޔުން ހަވާލު ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ކުރިފުޅުމަތީގައި، އެ 4 މެންބަރުން ވަނީ ކޮމިޝަންގެ މެންބަރުކަމުގެ ހުވައި ކުރައްވައި، ހުވައިގެ އިގުރުގައި ސޮއި ކުރައްވައިފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް