Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

ރޯދައަށް މިސްކިތްތައް ޒީނަތްތެރިކުރުމުގެ މަސައްކަތް ފަށައިފި

ރޯދައަށް މިސްކިތްތައް ޒީނަތްތެރިކުރުމުގެ މަސައްކަތް ފަށައިފި

ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ މިސްކިތްތައް ޒީނަތްތެރިކުރުމުގެ މަސައްކަތްތައް ކައުންސިލް އިދާރާއިން ފަށައިފި އެވެ.

ސިޓީ ކައުންސިލުން ބުނީ ރޯދަ މަހަށް ތައްޔާރުވުމަށް މިވަގުތު ވެސް ހުޅުމާލޭގައި ހުންނަ އަލްސާނީ މިސްކިތުގައި ގަސް އިންދުން ކުރިއަށްދާ ކަމަށެވެ. ހުޅުމާލޭގައި ހުންނަ އަޒީޒާ މޫސާ މިސްކިތުގައި ކަތުރުފަނި އަޅާފައިވާ މިމްބަރު ބަދަލުކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

އޭގެ އިތުރުން ހުޅުމާލޭގައި އެންމެ ފުރަތަމަ ބިނާކުރެވުނު މިސްކިތް، މަސްޖިދުލް އަމާނީ މަރާމާތުކޮށް، ސާފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

Advertisement
Ooredoo — Truecaller (box)

ސިޓީ ކައުންސިލުން ބުނި ގޮތުގައި ފުރުގާން މިސްކިތުގައި ކުރަން ހުރި މަރާމާތުގެ މަސައްކަތްތަކާ ބެހޭ ގޮތުން އެ ކައުންސިލުން މަޝްވަރާ ކޮށްފައިވާ ކަމުގަ އެވެ. އެގޮތުން އެ މިސްކިތުގައި އަމިއްލަ ފަރާތަކުން އޭސީ ހަރުކުރުމުގެ އިތުރުން މިސްކިތް ޒީނަތްތެރިކުރުމަށް ނިންމާފައިވާ ކަމުގަ އެވެ.

އިތުރަށް ބުނީ ހުޅުމާލެ މަސްޖިދުލް ހައްތާބުގެ ފާހާނައިގެ ދޮރުތަކާއި މުށިތައް ބަދަލުކޮށް، ވުލޫކުރާ ބައި މަރާމާތުތައްކޮށް ނިންމާފައިވާ ކަމަށެވެ. އެ މަސައްކަތުގެ އިތުރުން މަސްޖިދުލް ތަގްވާ ޒީނަތްތެރިކޮށް، ނަމާދު ކުރާބައި ބޮޑު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެ މިސްކިތުގައި އިތުރު ފާހާނައެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

މިސްކިތްތައް މަރާމާތުކުރުމުގެ އިތުރުން ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން، މާލޭގެ މަގުތަކުން ޕެލެޓްތައް ނަގައި، ހިނގާބިގާވެ އުޅޭ މީހުންނަށް ފަސޭހަކުރުމުގެ މަސައްކަތް އެކި ސަރަހައްދުތަކުގައި ކުރަމުން އަންނަ ކަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.

ގޭގެއިން މަގުގެ ޕޭމަންޓުގައި ކުނި ބަހައްޓާފައި ހުރޭތޯ ބެލުމާއި ނެރިފައި ހުންނަ ކުނިތައް އުކުމާއި މާލޭގެ މަގުތައް މިހާރަށް ވުރެ ބޮޑަށް ބެލެހެއްޓުމުގެ މަސައްކަތް މުނިސިޕަލް ޑިޕާޓްމަންޓުގެ ކޮމިއުނިޓީ އެންގޭޖްމަންޓުން ކުރަމުންދާކަން ވެސް ފާހަގަކުރި އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް