Sunday, 1 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އޮޅުވާލައިގެން މީހެއްގެ އެކައުންޓުން އެއް ލައްކަ ރުފިޔާ ވަގަށް ނަގައިފި

އޮޅުވާލައިގެން މީހެއްގެ އެކައުންޓުން އެއް ލައްކަ ރުފިޔާ ވަގަށް ނަގައިފި

އޮޅުވާލައިގެން ލައްކައަކަށް ވުރެ ގިނަ ރުފިޔާ އެކައުންޓަކުން ވަގަށް ނެގި މީހަކު ހައްުޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ހައްޔަރުުރީ ގދ. ތިނަދޫއަށް ނިސްބަތްވާ 22 އަހަރުގެ ފިރިހެނެކެވެ.

ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަންދު އަމުރުގައި ބުނީ މަކަރާއި ހީލަތުން އޮޅުވާލައިގެން އޭނާ އެކައުންޓަކުން ނެގި ލައްކައަކަށް ވުރެ ގިނަ ރުފިޔާގެ ތެރެއިން 95,000 ރުފިޔާ އޭނާގެ އެކައުންޓަށް ޖަމާކުރި ކަމަށެވެ.

Advertisement
HDC — Sidebar (box)

އަދި އެއަށް ފަހު އިތުރު ފައިސާ އެހެން އެކައުންޓްތަކަށް ޖަމާކުރި ކަން ވެސް ސްޓޭޓްމަންޓްތަކުން އެނގޭ ކަމަށް ވެސް ބުނެފައި ވެއެވެ.

އެހެން ނަމަވެސް އެ ކުށަށް އޭނާ ވަނީ އިންކާރުކޮށްފަ އެވެ. އަދި އެކަން ކުރީ އަބްދުﷲ ނަމަކަަށް ކިޔާ ރައްޓެއްސެއް ކަމަށާއި އެކައުންޓަށް ޖަމާވި ފައިސާގެ ތެރެއިން ބައެއް ނަގައި ބާކީ ފައިސާ އަބްދުﷲ ބުނެގެން ޓްރާންސްފާކުރި ކަަމަށް ބުނާ ކަމަށް ބަންދު އަމުރުގައި ބުނެފައި ވެއެވެ.

އެ މައްސަލައިގައި އޭނާއަށް ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ޖަހައިދީފަ އެވެ.

މަކަރާއި ހީލަތުން އޮޅުވާލައިގެން އެކައުންޓްތަކުން ފައިސާ ނެގުމުގެ މައްސަލަ ވަރަށް ބޮޑެވެ. ހާއްސަކޮށް ސްކޭމް ކޯލްތައް ކޮށްގެން ގިނަ އަދަދެއްގެ ފައިސާ މީހުންގެ އަތުން ނަގައިފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް