އަންހެން ނޫސްވެރިންނަށް ފުރައްސާރަކުރާ މައްސަލަ އެމްޖޭއޭއިން ކުށްވެރިކޮށްފި

އަންހެން ނޫސްވެރިންނަށް ފުރައްސާރަކުރާ މައްސަލަ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން(އެމްޖޭއޭ)އިން ކުށްވެރިކޮށްފި އެވެ.
އެމްޖޭއޭއިން މިއަދު ނެރުނު ބަޔާނުގައި ބުނީ އަންހެން ނޫސްވެރިންނަށް ފުރައްސާރަކުރަމުންދާތާ ދެތިން މަހެއްވެދާނެ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ގިނަވެ އޭގެ ތެރެއިން ހަތަރު މައްސަލަ އެ އެސޯސިއޭޝަންގެ ސަމާލުކަމަށް އައިސްފައިވާކަން ވެސް އެމްޖޭއޭއިން ފާހަގަކޮށްފައި ވެއެވެ.
- ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިވެންޓްތައް ކަަވަރުކުރާތީ، ސަންގު ނޫހުގެ ނުސްވެރިޔާ ފާތިމަތު މަދަދާއަށް ފުރައްސާރަކުރާ މައްސަލަ
- ރިވާޔާ ނޫހުގެ އެޑިޓަރު އާއިދާ އަބްދުލް ހަކީމް ވިޔަފާރިވެރިއަކާ ކުރި ސުވާލަކާ ގުޅިގެން އޭނާއަށް ވެސް ފުރައްސާރަކުރި މައްސަލަ
- މިހާރުގެ ނޫސްވެރިޔާ އާާސިމާ ނިޒާރު ލިޔުނު ލިޔުމަކާ ގުޅިގެން އޭނާއަށް ސޯޝަލް މީޑިއާގައި ފުރައްސާރަކުރި މައްސަަލަ
- ސަންގު ޓީވީގެ ނޫސްވެރިޔާ ލައިޝާ އަހުމަދު އެއް ޖިންސުން ގުޅުން ހިންގުމާ ދެކޮޅަށް ވާހަކަ ދައްކައިގެން ބަޔަކު އޭނާއަށް ފުރައްސާރަކުރި މައްސަލަ
- އަސްލު ޓީވީގެ ނޫސްވެރިޔާ ޝާމާ ޝުއައިބް ސީނެއްގައި ހުއްޓައި ފުލުހުން ގޮސް އޭނާ ހުއްޓުވުމަށް ފަހު ފޯނުން ފޮޓޯއެއް ޑިލީޓްކުރުވި މައްސަލަ






ކޮމެންޓް