ޚަބަރު

ސްކޭމަރަކު ހައްޔަރުކޮށް، އިތުރު ބަޔެއްގެ އަތުން ފައިސާ ނެގިތޯ ބަލަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އާދަމް އިރުޝާން--

މަކަރާއި ހީލަތުގެ ފައިސާ ހޯދައިފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީހަކު ހައްޔަރު ކުރުމަށް ފަހު އިތުރު ބައެއްގެ އަތުން ފައިސާ ހޯދައިފައިވޭތޯ ބަލަން ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެ އެވެ.

Ads by Hajj Corporation

ހއ. ދިއްދޫ ޕޮލިސް ސްޓޭޝަންއަށް ހުށަހެޅި އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. ކެލާ/ ގަހާ، އާދަމް އިރުޝާން އެވެ.

ފުލުހުންގެ ވެބްސައިޓްގައި އާންމުކުރި ލިޔުމުގައި ބުނީ އިރުޝާން އިތުރު ބައެއްގެ އަތުން ފައިސާ ހޯދާފައިވޭތޯ ބެލުމަށް ބޭނުންވާ ކަމަށާއި އެކަމުގެ މައުލޫމާތު ލިބިފައިވާނަމަ ހއ. ދިއްދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 4005022 އަށް ނުވަތަ 9791462 އަށް ގުޅުއްވައި ހިއްސާކުރުމަށް ވަނީ އެދިފަ އެވެ.

އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.