Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ފަޒުލްގެ ގެއިން ފުލުހުން ގެންދިޔަ 1.4 މިލިއަން ރުފިޔާ އަނބުރާ ހަވާލުކޮށްފި

ފަޒުލްގެ ގެއިން ފުލުހުން ގެންދިޔަ 1.4 މިލިއަން ރުފިޔާ އަނބުރާ ހަވާލުކޮށްފި
އުސޫލުން ބޭރުން ބަޔަކަށް ގޯތި ދިން މައްސަލައެއް ފެންމަތިވެ އިސްތިއުފާދެއްވި ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ދިރިއުޅޭ ގެއިން ފުލުހުން ގެންދިޔަ 1.4 މިލިއަން ރުފިޔާ އަނބުރާ އޭނާއާ ހަވާލުކޮށްފިކަން އެނގިއްޖެ އެވެ. ކޯޓު އަމުރެއްގެ ދަށުން ފުލުހުން ފަޒުލް ދިރިއުޅޭ މ. ޒޭވަރު ބަލައިފާސްކޮށްފައިވަނީ 23 ޑިސެމްބަރު، 2024 ގަ އެވެ. ފުލުހުންގެ އިސް އޮފިޝަލު "ދެން އޮންލައިން" އަށް މިއަދު ވިދާޅުވީ އެ ފައިސާ އަނބުރާ ފަޒުލްއާ ހަވާލުކޮށްފައިވާ ކަމަށެވެ. ސިދާ ވަކި ދުވަހެއް އޭނާ ވިދާޅެއް ނުވެ އެވެ. އެ ފައިސާ ހަވާލުކޮށްފައިވާކަން ފުލުހުންގެ މީޑިއާ އޮފިޝަލް ވެސް ވަނީ ޔަގީންކޮށްދީފަ އެވެ. ޑޮކިއުމެންޓުތައް ފޯޖުކުރި ކަމަށް ފަޒުލް އަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ނުނިމެނީސް އެ ފައިސާ ފަޒުލް އަށް ހަވާލުކުރި ސަބަބެއް އެނގިފައެއް ނުވެ އެވެ. ފަޒުލްގެ ގެއިން ފެނުނު ފައިސާއާ ސްޕީޑް ބޯޓުގެ ހިދުމަތްދޭ ރިލެކްސް ފެރީ ސާވިސަސްއިން ވަނީ ހަވާލުވެފަ އެވެ. ފަޒުުލްގެ ގެއިން ގިނަ އަދަދެއްގެ ފައިސާ ފެނުނު ވާހަކަ މީޑިއާތަކުން ރިޕޯޓްކުރުމުން ރިލެކްސް ފެރީ ސާވިސްއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކުންފުނިން 2022 ވަނަ އަހަރު ފަޒުލްގެ ކުންފުންޏާ އެކު މުއާމަލާތްކޮށް ލޯންޗެއް ބަނދެފައިވާ ކަމަށެވެ. ފަޒުލްގެ ކުންފުނިން ބަނދެދިން ލޯންޗްގެ ފެންވަރު ރަނގަޅުވުމުން ދެ ވަނަ ފަހަރަށް ލޯންޗެއް ބަނުމަށް މިދިޔަ އަހަރު ކުރީކޮޅު މަޝްވަރާ ކުރެވިފައިވާ ކަމަށް ބުންޏެވެ.
".. މަޝްވަރާ ކުރެވި މި ނިމިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު ފަޒުލްއަށް 1.4 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ދީފައިވާނެ އެވެ،" ރިލެކްސްއިން ކުރި ޕޯސްޓުގައިވެ އެވެ.
ސޯޝަލް މީޑިއާއިން އާންމުވި ލިޔުންތަކުން އެނގޭ ގޮތުން ގޯތި ލިބުނު ކަމަށް ބުނާ ފަޒުލްގެ ބޭބެ އަދި މާލެ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު އާއި އެހެން މީހަކު ވަނީ ވަށާފާރު ރޭނުމުގެ ހުއްދައަށް އެދި އެޗްޑީސީގެ ޕޯޓަލްއަށް ހުށަހަޅާފަ އެވެ. އެހެންވެ އެ ދެ މީހުންނަށް ގޯތި ލިބިފައިވާކަން ކަށަވަރު ކުރުމަށް އެޗްޑީސީން ހައުސިން މިނިސްޓްރީއަށް ސިޓީއެއް އޮތީ ފޮނުވާފަ އެވެ. ނަމަވެސް ހައުސިން މިނިސްޓްރީން ޖަވާބުގައި، އެޗްޑީސީއަށް ފޮނުވި ސިޓީގައި ބުނީ ބިންވެރިޔާގެ ސްކީމުން އެ ދެ މީހުން ގޯއްޗަށް އެޕްލައި ވެސް ނުކުރާ ކަމަށާ އަދި އެ ދެ މީހުންނަށް ގޯތި ދޫވެސްކޮށްފައި ނުވާ ކަމަށެވެ. ބޭބެ ފޯޖު ލިޔުމެއް ހުށަހެޅި މައްސަލައިގައި އޭނާގެ ދައުރެއް ނެތް ކަމަށް ފަޒުލް މީގެކުރިން ވިދާޅުވެފައިވެ އެވެ. އެ މައްސަލާގައި ފަޒުލް އާއި ފަޒީލްގެ ޕާސްޕޯޓު އޮތީ އަދިވެސް ހިފަހައްޓާފަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް