ޚަބަރު

ޕޯސްޓް އޮފީހަށް ޖެނެރަލް މެނޭޖަރަކު ހޯދަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޕޯސްޓް އޮފީސް / ފޮޓޯ:ދެން އިމޭޖްސް

ޕޯސްޓް އޮފީހަށް ޖެނެރަލް މެނޭޖަރަކު ހޯދަން މިއަދު އެ އޮފީހުން އިއުލާންކޮށްފި އެވެ.

Ads by Hajj Corporation

ޕޯސްޓް އޮފީހުން ކުރި އިއުލާނެއްގައި ބުނީ ޖެނެރަލް މެނޭޖަރަކު ހޯދަނީ އެ އޮފީހުގެ އީ ކޮމާސް އެންޑް ލޮޖިސްޓިކްސް ޑިޕާޓްމަންޓަށް ކަމަށެވެ.

އެ މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ބިޒްނަސްއާ ގުޅޭ ދާއިރާއަކުން ޑިގްރީ ހާސިލުކޮށްފައިވުމާއެކު ދެ އަހަރު ދުވަހު އެފަދަ ދާއިރާއެއްގައި ސީނިއާ މަގާމެއް އަދާކޮށްފައިވުން ހިމެނެ އެވެ.

އެ މަގާމުގެ މުސާރައައި އިނާޔަތުގެ ގޮތުގައި 22000 އަށް ވުރެ ގިނަ ރުފިޔާ ލިބެއެވެ.

އެ މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އީ ކޮމާސް އަދި ލޮޖިސްޓިކްސް އޮޕަރޭޝަންގެ މަސައްކަތްތަކާއި ގުޅޭ ލިބިފައިވުމާއި 2 އަހަރު ދުވަހު އެގްޒެކެޓިވް ރޯލެއްގައި އުޅެފައިވުން

މަޤާމުގެ މައިގަޑު މަސްޢޫލިއްޔަތުތަކުގެ ތެރޭގައި އީކޮމާރސް އަދި ލޮޖިސްޓިކްސް އޮޕަރޭޝަންގެ މަސައްކަތްތަކާ ގުޅޭ ޕްލޭންތައް އެކުލަވާލައި ތަންފީޒްކުރުން ހިމެނެ އެވެ.

އޭގެ އިތުރުން އީކޮމާސް މާކެޓް ހަރުދަނާކޮށް ތަރައްގީކޮށް ފުޅާކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުން ވެސް މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެ އެވެ.

އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.