Monday, 2 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް ރިޝްވާން އައްޔަންކޮށްފި

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް ރިޝްވާން އައްޔަންކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޝްވާން އައްޔަންކޮށްފި އެވެ.

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި މުހައްމަދު ވަޖީހު އިބްރާހިމް މިދިޔަ އާދިއްތަ ދުވަހު އެ މަގާމުން ވަކި ކުރެއްވުމުންނެވެ. އޭނާއަކީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ އާއިލީ ގުޅުން އޮންނަ ބޭފުޅެކެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށާއި ބޯޑު ޑިރެކްޓަރު ކަމުގެ މަގާމަށް ހ. ހަބަރުގެ، މުހައްމަދު ރިޝްވާން އައްޔަންކޮށްފައިވާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

ރިޝްވާން ސިފައިންގެ ހިދުމަތާ ގުޅިވަޑައިގެންފައި ވަނީ 1995 ވަނަ އަހަރު އެވެ. އޭނާ ވަނީ 2004 ވަނަ އަހަރު ފުލުހުންގެ ހިދުމަތަށް ބަދަލުވެ ވަޑައިގެންފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު އަދާކުރައްވާފައިވެ އެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ 2011 ވަނަ އަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހު އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރިޝްވާން ވަނީ އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯގެ މަގާމު އަދާކުރައްވާފަ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް