ޚަބަރު ރައްޔިތުންގެ މަޖިލިސް

ޓޫރިޒަމް މިނިސްޓަރަކަށް އައްޔަންކުރެއްވި ތޯރިގަށް ރުހުން ހޯދަން ފޮނުވައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވި ތޯރިގު މަގާމުގެ ހުވާ ކުރައްވަނީ / ފޮޓޯ:ރައީސް އޮފީސް

ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވި ތޯރިގު އިބްރާހީމަށް ރުހުން ހޯދަން ފޮނުއްވި މައްސަލަ ދިރާސާ ކުރަން ރައްޔިތުންގެ މަޖިލިހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފި އެވެ.

Ads by STELCO

ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް އެންޑް އެނަޖީ އަދި ޓޫރިޒަމް މިނިސްޓްރީ އެއްކޮށްލައްވައި، މިނިސްޓަރުގެ މަގާމަށް ތޯރިގު އައްޔަންކުރައްވާފައި ހިނގަމުން މިދާ މަހުގެ ފުރަތަމަ ދުވަހު އެވެ.

ޓޫރިޒަމް އާއި އެންވަޔަރަމެންޓް އެއްކޮށްލިއިރު، އެހާތަނާ ޖެހެންދެން އެ ދެ މިނިސްޓްރީ ވެސް ހިންގަމުން އައީ ވަކިންނެވެ. އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވީ އިބްރާހީމް ފައިސަލް އެވެ. ފައިސަލް އެ މަގާމުން ވަކިކުރެއްވީ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ.

މިއަދުގެ ޖަލްސާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީފުޅު އިދާރީ މޭޒުން ވަނީ ތަޅުމަށް އިއްވާފަ އެވެ. އެ ސިޓީފުޅުގައި ވަނީ ކެބިނެޓަށް އައްޔަންކުރެއްވި ތޯރިގަށް ރުހުން ހޯދުމަށް މަޖިލިހަށް ހުށަހަޅާ ކަމަށެވެ.

ތޯރިގަށް ރުހުން ހޯދަން ފޮނުއްވި މައްސަލަ ދިރާސާ ކުރަން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.

އެ މައްސަލައިގެ އިތުރުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ހޯމްލޭންޑް މިނިސްޓްރީގެ އިތުރުން ހެލްތު މިނިސްޓްރީގެ މަސައްކަތުގެ ދާއިރާއަށް ގެންނެވި ބަދަލު ފާސްކޮށްދެއްވުމަށް ވެސް ރައީސް ވަނީ ފޮނުއްވާފަ އެވެ. އެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!