އީސީއަށް ރައީސަކާއި ނައިބު ރައީސެއް އައްޔަންކުރަން ފޮނުވައިފި

އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ރައީސަކާއި ނައިބު ރައީސެއް އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ނައިބު ރައީސެއް އައްޔަންކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ފޮނުވައިފި އެވެ.
މިއަދު ބޭއްވި މަޖިލިހުގެ ޖަލްސާއަށް އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުގެ ދަށުން އެ ކޮމިޝަނަށް ރައީސަކާއި ނައިބު ރައީސެއް އައްޔަންކުރަން ދެ ނަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފޮނުއްވާފަ އެވެ.
އީސީގެ ރައީސަކަށް އައްޔަންކުރަން ފޮނުއްވީ ކޮމިޝަނުގެ މެމްބަރު ކަމަށް އައްޔަންކޮށްފައިވާ މުހައްމަދު ޒާހިދުގެ ނަމެވެ. ނައިބު ރައީސަކަށް އައްޔަންކުރަން ފެނިވަޑައިގަންނަވާ ކަމަށް ފޮނުއްވާފައި ވަނީ އަބްދުއްރަހްމާން ސޮލާހް ރަޝީދުގެ ނަމެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނުގެ ދަށުން އެ ކޮމިޝަނުގެ ނައިބު ރައީސަކަށް އައްޔަންކުރަން ރައީސް ފޮނުއްވީ ކޮމިޝަނުގެ މެމްބަރު އަހްމަދު ނާޝިދުގެ ނަމެވެ.
[caption id="attachment_269623" align="alignnone" width="690"]<img class="wp-image-269623 size-large" src="https://cdn.dhen.mv/wp-content/uploads/2025/02/388514_1423c96a-c_-1024x683.jpg" alt="" width="690" height="460" /> އޭސީސީގެ ނައިބު ރައީސަކަށް އައްޔަންކުރަން ކުރަން ނަން ފޮނުއްވި ނާޝިދު / ފޮޓޯ:ރައީސް އޮފީސް[/caption]
އެ ދެ މައްސަލަ ދިރާސާކުރަން މަޖިލިހުގެ މިނިވަން މުއައްސަސާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.
އީސީގެ ރައީސަކަށް އައްޔަންކުރަން ފޮނުއްވި ޒާހިދު ވަނީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ނައިބު ރައީސްކަން ކުރައްވާފަ އެވެ. އަދި ސޮލާހު ވަނީ ހޯމްލޭންޑް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު އަދާކުރައްވާފަ އެވެ.
އެ ދެ ބޭފުޅުންގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގައި ތިއްބަވަނީ ހަސަން ޒަކަރިއްޔާ އާއި އަބްދުލްހަސީބު އިސްމާއިލް އަދި ޑރ. މުހައްމަދު ޒާހިރެވެ.
އޭސީސީގެ ނައިބު ރައީސަކަށް އައްޔަންކުރަން ފޮނުއްވި ނާޝިދަކީ ޕޮލިސް ބޯޑުގެ މެމްބަރުކަމާއި ކުރީގެ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.
ނާޝިދުގެ އިތުރުން އޭސީސީގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބަވަނީ އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލާއި އަބްދުﷲ ނާޝިދާއި ޝިޔާމާ މުހައްމަދު އަދި ޝަޒްނާ ހާޝިމެވެ.







ކޮމެންޓް