ވިޔަފާރި

ފޭސް ދޭއްގެ ބަންދުކޮށްފައިވާ ސަރަހައްދަށް ނުވަންނަން އަންގައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފޭސް ދޭއްގެ ބަންދުކޮށްފައިވާ ސަރަހައްދު--

ހުއްދަ ނަގައިގެން ނޫނީ ހުޅުމާލޭގެ ފޭސް ދޭއްގެ ބަންދުކޮށްފައިވާ ސަރަހައްދަށް ނުވަނުމަށް ހަައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު އަންގައިފި އެވެ.

Ads by STELCO

ފޭސް ދޭއްގައި ފެންސް ޖަހައި ބަންދުކޮށްފައިވަނީ ޗެނަލް ދޭއްގެ މަސައްކަތްތައް ކުރަމުންދާ ސަރަހައްދުގަ އެވެ. އިރުމަތި ފަރާތު މޫދު ކައިރީގައި އޮންނަ އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ހެވީ ވެހިކަލްތައް ވެސް ދަނީ ބޭނުންކުރަމުންނެވެ.

އެހެންވެ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ ސަރަހައްދުގައި މަސައްކަތް ކުރާ ފަރާތްތައް ފިޔަވައި އެހެން ބޭނުމެއްގައި އެ ސަރަހައްދަށް ވަންނަން  ޖެހިއްޖެނަމަ އެޗްޑީސީގެ ހުއްދަ ލިޔުމުން ހޯދުމަށް އެ ކުންފުނިން މިއަދު ކުރި އިއުލާނެއްގައި ވަނީ އަންގައިފަ އެވެ.

އަދި އެޗްޑީސީން ދޭ ހުއްދައިގައި ބަޔާންކޮށްފައިވާ ޝަރުތުތަކާ އެއްގޮތަށް އަމަލުކޮށް އެ ސަރަހައްދަށް ވަންނައިރު ސަލާމަތީ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އެދިފައިވެ އެވެ.

ޗެނަލް ދޭއްގެ މަސައްކަތް ކުރަމުންދަނީ ހުޅުމާލޭ ދެވަނަ ފިޔަވައްސާއި "އަބަން އައިލް" ގުޅޭ ސަރަހައްދުގަ އެވެ."އާބަން އައިލް" އަކީ ޓޫރިޒަމް ޒޯންއެއްގެ ގޮތުގައި ތަރަައްގީކުރާ ސަރަހައްދެކެވެ.

އެޗްޑީސީން ކުރިން ބުނެފައިވާ ގޮތުން އެ ޕްރޮޖެކްޓަށް 50 މިލިއަން ޑޮލަރު ވަރު ހޭދަވާނެ އެވެ.