އަންނަ ހަފުތާ ނިމުމުގެ ކުރިން ރޯދަ އިނާޔަތް ޖަމާކުރަން އަންގައިފި
![](https://dhen.mv/wp-content/uploads/2025/02/IMG_20250203_145539_091-850x548.jpg)
އަންނަ ހަފުތާ ބުރާސްފަތި ދުވަހުގެ ކުރިން ދައުލަތުގެ އިދާރާތަކުން ރޯދަ އިނާޔަތް ޖަމާކުރަން ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.
ފިނޭންސުން ފޮނުވި ސާކިއުލާއެއްގައި ވަނީ ކޮންމެ މުސްލިމު މުވައްޒަފަކަށް ރޯދަ އިނާޔަތުގެ ގޮތުގައި ދޭން ޖެހޭ 3000 ރުފިޔާ އަންނަ ހަފުތާ ބުރާސްފަތި ދުވަހުގެ ކުރިން ޖަމާކޮށް އަންނަ ހަފުތާ އަންގާރަ ދުވަހުގެ ކުރިން ރޯދަ އެލަވަންސް ޕަބްލިކް އެކައުންޓް ސިސްޓަމްއަށް އަޕްލޯޑްކުރަން ވެސް ޖެހޭނެ ކަމަށެވެ.
ސާކިއުލާގައި ހިމެނޭ އިތުރު އިރުޝާދުތައް
- އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ ފަރާތްތަކަށް ރޯދަ އެލަވަންސް ދޭނީ އަސާސީ ވަޒީފާ އަދާކުރާ އޮފީހުން އެކަނި
- ޕޭ ލީވްއާއި ނޯ ޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް ރޯދަ އެލަވަންސް ދީގެން ނުވާނެ. ނަމަވެސް ރޯދަ މަހު ހިދުމަތަށް ނުކުމެއްޖެނަމަ ރޯދަ މަހުގެ ނިޔަލަށް އެލަވަންސް ދޭން ޖެހޭ.