ޚަބަރު

ރޯދައަށް މާލެ ސާފުކުރަން ބޮޑު ހަރަކާތެއް ބާއްވަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މާލެ ސާފުކުރަން ސިޓީ ކައުންސިލުން މީގެ ކުރިން ބޭއްވި ހަރަކާތެއްގެ ތެރެއިން/ ފޮޓޯ: ސިޓީީ ކައުންސިލް

ކުރިއަށް އޮތް ރޯދަ މަހަށް ވެރިރަށް މާލެ ސާފުކުރުން "ރޯދަ ސާފު" ގެ ނަމުގައި ބޮޑު ހަރަކާތެއް ފަށަން ނިންމައިފި އެވެ.

Ads by STELCO

ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވާކްސް މިނިސްޓްރީގެ ވެބްސައިޓުގައި އިއްޔެ ޝާއިއުކުރި ހަބަރެއްގައި ބުނީ، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ ގުޅިގެން ބާއްވާ ހަރަކާތް އޮންނާނީ މާދަމާ ކަމަށެވެ.

އެ ދެ މިނިސްޓްރީގެ އިތުރުން 20 އިދާރާއެއް ހަރަކާތުގައި ބައިވެރިވާނެ އެވެ.

އެ އިދާރާތަަަކަކީ:

1. އެޑިއުކޭޝަން މިނިސްޓްރީ

2. ޑިފެންސް މިނިސްޓްރީ

3. އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީ

4. ހެލްތު މިނިސްޓްރީ

5. އެމްޓީސީސީ

6. އާސަންދަ ކޮމްޕެނީ ލިމިޓެޑް

7. ސްޓެލްކޯ

8. އެމްޑަބްލިއުއެސްސީ

9. ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް

10. ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް

11. މޯލްޑިވްސް ގޭސް

12. ދަރުމަވަންތަ ހޮސްޕިޓަލް/އައިޖީއެމްއެޗް

13. ވަޒީފާއާ ބެހޭ ޓްރެބިއުނަލް

14. މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަންގެ އޮފީސް

15. މީރާ

16. ޓެކްސް އެޕީލް ޓްރަބިއުނަލް

17. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

18. ރައްޔިތުންގެ މަޖިލީހުގެ އިދާރާ

19. ވެމްކޯ

20. މާލޭ ސިޓީ ކައުންސިލްގެ އިދާރާ

އެ ހަރަކާތް ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު 6.15 ގައި ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ހަރަކާތުގައި މާލެތެރެއާއި، މާލޭގެ މުހިންމު ސަރަޙައްދުތަކެއް ސާފުކުރާނެ އެވެ.

އެގޮތުން އިންޑަސްޓްރިއަލް ޒޯނާއި، އުސްފަސްގަނޑު ސަރަޙައްދާއި، ލޮނުޒިޔާރަތް ޕާކު ސަރަހައްދާއި، ހެދިގޮނޑުދޮށު ސަރަޙައްދާއި، އަލިމަސް ކާނިވާ ސަރަޙައްދާއި، މަސްވެރިންގެ ޕާކު ސަރަހައްދާއި، އެމްޕީއެލް ސަރަޙައްދާއި، އަދި ރަސްފަންނު ސަރަޙައްދު ސާފުކުރުންވެސް ހިމެނޭ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!