ގޭގޭގައި ހުރި ބާ މުސްހަފްތަކާ މާލެ ސިޓީ ކައުންސިލުން ހަވާލުވަނީ
![](https://dhen.mv/wp-content/uploads/2025/02/475676256_122211240206188049_8134532768112042538_n-850x548.jpg)
މާލޭ ސަރަހައްދުގެ ގޭގޭގައި ހުރި ނައްތާލަން ބޭނުންވާ ބާ މުސްހަފުތަކާއި ގުރުއާނުގެ އާޔަތް ނުވަތަ ހަދީސް ހިމެނޭ އެފަދަ ދީނީ ފޮތްތަކާއި ލިޔުންތައް މާލޭ ސިޓީ ކައުންސިލް އިން ބަލައިގަނެ ނައްތާލައިދޭން މިއަދު ނިންމައިފި އެވެ.
މާލޭ ސިޓީ ކައުންސިލްއިން މިއަދު ކުރި އިއުލާންއެއްގައި ބުނީ އެފަދަ ތަކެތި އަހަރަކު ދެ ފަހަރު ގޭގެއިން ގެނެސް އެ އިދާރާއާ ހަވާލުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ.
އެ ގޮތުން ފުރަތަމަ ބުރުގައި އެފަދަ ލިޔުންތައް ހުންނަ ފޮތްތައް މާދަމާއިން ފެށިގެން މި މަހުގެ ނިޔަލަށް ބަލައިގަންނާނެ ކަމަށް ސިޓީ ކައުންސިލްއިން ބުންޏެވެ.
އެފަދަ ލިޔުންތައް ބަލައިގަންނާނީ މާލޭ ސިޓީ ކައުންސިލްގެ ވޭސްޓް ސެކްޝަންއިން ހެނދުނު ނުވަޔަކުން މެންދުރު ދޭކަށެވެ.
މާލޭ ސިޓީގެ މޭޔަރު އާދަަމް އާޒިމް އެކްސްގައި ވިދާޅުވީ މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުންގެ ލާބައާއި މަންފާއަށް ޓަކައި ކުރެވެން ހުރި ކަންތައްތަކަށް އިސްކަން ދީގެން މަސައްކަތް ކުރަމުންދާ ކަމަށާއި އަދި ސިޓީ ކައުންސިލްއިން މާދަމާ ހުޅުވާލާ ފުރުސަތުގެ ބޭނުން ހިފުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.
އޭނާ "ދެން އޮންލައިން" އަށް ވިދާޅުވީ މުސްހަފްތަކާއި އެފަދަ ލިޔުންތައް ހިމެނޭ ފޮތްތައް ނައްތާލަނީ ފުލުހުންނާ ގުޅިގެން ކަމަށެވެ.