Thursday, 12 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރަސްފަންނު މޫދަށް އެރޭ ސަރަަހައްދު ވަގުތީ ގޮތުން ބަންދުކުރަނީ

ރަސްފަންނު މޫދަށް އެރޭ ސަރަަހައްދު ވަގުތީ ގޮތުން ބަންދުކުރަނީ
މާލޭ ރަސްފަންނުގެ މޫދަށް އެރޭ ސަަރަހައްދުގެ މަސައްކަތްތަކެއް ކުރުމަށްޓަކައި އެ ތަނުގެ މޫދަށް އެރޭ ސަރަހައްދު މާދަމާއިން ފެށިގެން ވަގުތީ ގޮތުން ބަންދުުކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ. ސިޓީ ކައުންސިލުން މިއަދު ގެޒެޓްގައި ޝާއިިއުކުރި އިއުލާނެއްގައި ބުނީ ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދުގެ 500 އަކަ މީޓަރުގެ ބޮޑުމިނުގެ ސަރަޙައްދެއްގައި އެއް ފޫޓުގެ ފުންމިނަށް ކިސަޑު ޖަމާވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވެ އެ ސަރަހައްދުން ކިސަޑު ނަގައި، ބީޗަށް ވެލި އެޅުމުގެ މަސައްކަތް މާދަމާ ހެނދުނު ނުވައެއް ޖަހާއިރު ފަށާތީ އެ ސަރަހައްދު ވަގުތީ ގޮތުން ބަންދުވާނެކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. "ވީމާ، މި މަސައްކަތް ފެށި ކުރިއަށްދާ މުއްދަތުގައި، މަސައްކަތް ނިމެންދެން ރަސްފަންނުގެ މޫދަށް އެރޭ ސަރަޙައްދު އާންމުންނަށް ބަންދުކުރެވިފައި ހުންނާނެ ވާހަކަ ދަންނަވަމެވެ." ކައުންސިލުން ކުރި އިއުލާންގައި ބުނެފައިވެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރުކަމުގައި ހުންނެވިއިރު ތަރައްގީކޮށް ހުޅުވި ރަސްފަންނު މިހާރު އޮތީ ވީރާނާވަމުންދާ ހާލަތުގަ އެވެ.
އެހެންވެ މިހާރު ވަނީ އެތަން މަރާމާތުކުރުމަށް މަސައްކަތް ފެށުމަށް ތަައްޔާރުވެފަ އެވެ. ކައުންސިލުން މިދިޔަ ހުކުރު ދުވަހު ބުނިގޮތުގައި ރަސްފަންނުގެ ވެލިގަނޑު ރަނގަޅުކުރުމަށް ބޭނުންވާ ތިމާވެށީގެ ހުއްދަ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވަނީ ލިބިފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.