Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު ލަންކާ އަށް

ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު ލަންކާ އަށް

ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ސްރީލަންކާ އަށް މިއަދު ފުރާވަޑައިގެންފި އެވެ.

އެކަން ހާމަކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިއަދުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ހަލީލް، ލަންކާ އަށް ވަޑައިގަންނަވަނީ އެ ގައުމުގެ ފޮރިން އެފެއާޒް, އެމްޕްލޯއިމަންޓް އެންޑް ޓުއަރިޒަމް މިނިސްޓަރު އެޗް.އެމް ވިޖިތާ ހެރަތުގެ ދައުވަތަކަށް ކަމަށެވެ.

https://twitter.com/abkhaleel/status/1891805458190532691

Advertisement
HDC — Sidebar (box)

މިނިސްޓަރުގެ ދަތުރުގައި ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކައާއި ބޮޑުވަޒީރު ޑރ ހަރީނީ އަމަރަސޫރިޔާގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އަދި ލަންކާގައި ދިރިއުޅޭ ދިވެހިންނާ މިނިސްޓަރު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާއިރު، ލަންކާގެ ޕްރައިވެޓް ސެކްޓަރއާ ބައްދަލުކުރައްވައި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭ ގޮތުންވެސް މަޝްވަރާތައް ކުރުމަށް ހަމަޖެހިފައިވެ އެވެ.

ހަލީލްގެ އަރިހުގައި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާ އާއި އެޑިޝަނަލް ސެކްރެޓަރީ އާމިނަތު އަބްދުالله ދީދީ ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް