އޮންލައިން ޕޯޓަލްއަކުން މަސް ދަޅު ކޭސް ޓޯކަން ދޫކުރަން ފަށައިފި

ކުރިއަށް އޮތް ރޯދަ މަހަށް ސަރުކާރުން ގޭބިސީތަކަށް ދޫކުރާ މަސްދަޅު ކޭސްތައް ބަލައި ދާން ޖެހުމުން ކުރިމަތިވި ފާޑުކިޔުންތަކާއެކު، މާލެ ސަރަހައްދުގައި މަސް ކޭސް ދޫކުރަން އޮންލައިންކޮށް ނެގޭ ޕޯޓަލްއެއް ލޯންޗުކޮށް ޓޯކަން ދޫކުރަން ފަށައިފި އެވެ.
"ރޯދަ ހަދިޔާ" ޕޯޓަލްއިން މިހާރު ދަނީ ޓޯކަން ދޫކުރަމުންނެވެ.
މާލެ ސަރަހައްދުން މަސްދަޅު ބެހުމަށް ހަމަޖެެއްސި ސަރަހައްދުތައް:
- މިފްކޯ ކޮމްޕްލެކްސް (މާފަންނު) -200 ޓޯކަން
- އެމްޓީސީސީ ސޯމިލް - 200 ޓޯކަން
- ހެންވޭރު ދަނޑު - 200 ޓޯކަން
- ގަލޮޅު ދަނޑު – ސެޓަޕް 1 (50 ޓޯކަން)
- ގަލޮޅު ދަނޑު – ސެޓަޕް 2 (50 ޓޯކަން)
- ގަލޮޅު ދަނޑު – ސެޓަޕް 3 (50 ޓޯކަން)
- ގަލޮޅު ދަނޑު – ސެޓަޕް 4 (50 ޓޯކަން)
- ސޯޝަލް ސެންޓަރު ވިލިމާލެ - (100 ޓޯކަން)
- ވެމްކޯ ސައިޓް ހުޅުމާލެ - (100 ޓޯކަން)
- އުމަރު ޒާހިރު ބިލްޑިން/ ހުޅުމާލެ - (100 ޓޯކަން)
- ޕޮލްކޯ ޓަވާ (ސީ ބްލޮކް) (ހުޅުމާލެ) - (100 ޓޯކަން)
- ހިޔާ ޓަވަރު 10 (ހުޅުމާލެ) - (100 ޓޯކަން)
- ކާމިލްދީދި ޕްރީސްކޫލް - (100 ޓޯކަން)
މިނިސްޓްރީން ބުނީ މަސްދަޅު ބެހުން ކުރިއަށްދާނީ ކޮންމެ ރެއަކު 8 އިން 12 އަށް ކަމަށެވެ. މި މަސް ނިމެންދެން މަސްދަޅު ބެހުން ކުރިއަށްދާނެ އެވެ. ރޭގަނޑަށް، މަސް ދަޅު ބެހުން ބަދަލުކުރީ ދުވާލު ގަޑީގައި މާ ބޮޑަށް ހޫނުވާތީވެ އެވެ.
ކޮންމެ ގޭބީސީއަކަށް ދޫކުރަން ހަމަޖެހިފައި ވަނީ 48 ދަޅުގެ މަސް ކޭހެކެވެ. މަސްދަޅު ކޭސް ބަލައިދާއިރު ގޭބިސީގެ ކަރަންޓް މީޓަރު އެނގޭ ފަދަ ލިޔުމަކާއި އެ މީހެއްގެ އައިޑީކާޑު ހިފައިގެން ދިއުމަށް ވަނީ އެދިފަ އެވެ.
ލިންއަކައް ނުވެ ވަދެވޭ.. މިވަރުން ލިބޭނީ މަސް ދަޅެއް ވެސް ނޫން