Sunday, 1 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މުވައްޒަފު ވަކިކުރީ ވިސްލްބްލޯކޮށްގެނެއް ނޫން، ކޮރަޕްޝަނެއް ނުހިންގަން: ޕޯސްޓް އޮފީސް

މުވައްޒަފު ވަކިކުރީ ވިސްލްބްލޯކޮށްގެނެއް ނޫން، ކޮރަޕްޝަނެއް ނުހިންގަން: ޕޯސްޓް އޮފީސް
ޕޯސްޓް އޮފީހުގެ މުވައްޒަފަކު ވަކިކުރި މައްސަލައެއްގައި ވިސްލްބްލޯ ޕްރޮޓެކްޝަން ޔުނިޓުން ޖޫރިމަނާކޮށްފައި ވަނިކޮށް މުވައްޒަފު ވަކިކުރީ ވިސްލްބްލޯކޮށްގެން ނޫން ކަމަށާއި ޕޯސްޓް އޮފީހަށް ކުރާ ތުހުމަތުތަކަށް ރައްދުދީ ބަޔާނެއް ނެރެފި އެވެ. ފުރަތަމަ ރައްދު ދިނީ ވިސްލްބްލޯކޮށްގެން މުވައްޒަފަކު ވަކިކުރި ކަމަށް ދެކެވޭ ވާހަކައަށެވެ. ޕޯސްޓުން ބުނި ގޮތުގައި ވަކިކުރި މުވައްޒަފަކީ އެ އޮފީހަށް ވަނީއްސުރެން 10 މަސް ދުވަސް ވަން ދެން އަހުލާގީ އެކި މައްސަލަތަކުގައި ތަކުރާރުކޮށް ނަސޭހަތް ދެމުން ގެންދިޔަ މުވައްޒަފެއް ކަމަށެވެ. އަދި "ޕާފޮމެންސް އިމްޕްރޫވްމަންޓް ޕްލޭނެއް" ގެ ދަށަށް މުވައްޒަފުގެ ކަންކަން ހިމެނުމަށް ފަހު ވެސް ކަންކަން އިސްލާހު ވެގެން ނުދިޔަ ކަމަށް ޕޯސްޓުން ބުންޏެވެ. ދެން ބުނެފައިވަނީ:
  • ޕޯސްޓް އޮފީހަށް ސިޔާސީ ގޮތުން ރައީސް އައްޔަންކުރާ ވެރީން ބޭނުންވާ ގޮތަކަށް ގަޑިލާރި ޖެހޭ އުސޫލަށް ބަދަލުތައް ގެންނަ ވާހަކައަކީ ދޮގެއް؛ 8:31ގެ ފަހުން ގަޑިލާރި ކެނޑުމުގެ ބާރު އެޗްއާރަށް ދީފައިވާނެ
  • ވެރިންގެ މުސާރަ ބޮޑު ކަމަށް ބުނި ނަމަވެސް މުސާރަ އެކުލަވާލާފައިވަނީ ޕީސީބީ ބޯޑުން ދީފައިވާ ގައިޑްލައިނާ އެއް ގޮތަށް
  • މެނޭޖިން ޑިރެކްޓަރުގެ ގާތް މީހުންނަށް ވަޒީފާ ދޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ވެސް ދޮގެއް: މިހާރު އުސޫލުތައް ތަރުތީބުކޮށްފައިވަނީ ރެކްރޫޓްމަންޓް ޕްރޮސެސްގެ ތެރެއިން ނޫން ގޮތަކަށް ކުންފުންޏަށް މުވައްޒަފަކު ނުނެގޭ ގޮތަށް

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް