Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ދ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ ބިންގާ އަޅައިފި

ދ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ ބިންގާ އަޅައިފި
ދ. އަތޮޅު ކުޑަހުވަދޫގައި އަޅާ އެ އަތޮޅުގެ ހޮސްޕިޓަލުގެ އާ އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ. އެ ހޮސްޕިޓަލުގެ ބިންގާ އެޅީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކުޑަހުވަދޫއަށް ވަޑައިގަންނެވުމުން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގެ ތެރެއިންނެވެ. އާ ހޮސްޕިޓަލުގެ ބިންގާ އަޅުއްވައި ދެއްވީ ސިޓީތަކާއި ކައުންސިލްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު އެވެ. ދ. އަތޮޅުގެ ހޮސްޕިޓަލުގެ އާ އިމާރާތް އަޅަން އާރުޑީސީއާ ހަވާލުކުރީ ވެސް މިއަދު އެވެ. ފަންސާސް އެނދު ހިމެނޭ އެ ހޮސްޕިޓަލުގެ އިމާރާތް އަޅަން އާރުޑީސީއާ ހަވާލުކުރީ 181 މިލިއަން ރުފިޔާއަށް 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މިއީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ގާއިމުކުރާ އާ އިމާރާތެކެެވެ. ހޮސްޕިޓަލުގައި ގާއިމުކުރަން ނިންމާފައިވާ ބައެއް ވަސީލަތްތައް:
  • މެމޮގްރަފީގެ ހިދުމަތް، ޑެންޓަލް އޯޕީޖީ، ކަށީގެ ފަރުވާތަކަށް ހާއްސަ އޯތޯ-ތިއޭޓާ ގާއިމުކުރާނެ.
  • ކޮވިޑް ފަދަ ބަލިތަށް ފެތުރޭ ހާލަތް ތަކުގައި ހޮސްޕިޓަލުގެ އޮޕްރޭޝަން ނުހުއްޓި ކުރިޔަށް ގެންދެވޭ ގޮތަށް ފްލޫ ކްލިނިކާއި، އައިސޮލޭޝަން ފެސިލިޓީ ވެސް ގާއިމުކުރާނެ.
  • ހޮސްޕިޓަލުގެ ބޭނުން ކުރާ ހަކަތަ އަށް ކުރާ ހރަދު ކުޑަ ކުރުމުގެ ގޮތުން ސޯލާ ޕީވީ ސިސްޓަމް ހަރުކުރާނެ.
  • ހޮސްޕިޓަލުގެ ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަން، މެޑިކަލް އެއާ އަދި ސަކްޝަން އަޅާނެ.
  • ހޮސްޕިޓަލްގެ އޮޕަރޭޝަންތައް ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަކައި ޕަވަރބެކަޕް ސިސްޓަމެއް ގާއިމުކުރާނެ.
  • ވޭސްޓް މެނޭޖްމަންޓް ސިސްޓަމާއި، ހޮސްޕިޓަލް ގްރޭޑް އިންޑަސްޓްރިއަލް ލޯންޑްރީ ސެޓަޕް ގާއިމުކުރާނެ.
  • ހޮސްޕިޓަލަށާއި އަތޮޅުތެރެއަށް ބޭނުންވާ މެޑިކަލް އޮކްސިޖަން ޕްލާންޓް ގާއިމު ކުރާނެ.
  • ހޮސްޕިޓަލްގެ ސްޓާފުންނަށް ޓްރެއިނިން ދިނުމަށް ބޭނުންވާނެ ފެސިލިޓީ ގާއިމުކުރާނެ.
  • ދ. އަތޮޅުތެރޭގެ މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ތަމްރީންދިނުމަށް ބޭނުންވާ ފެސިލިޓީ ގާއިމުކުރާނެ.
  • ކުޑަހުވަދޫއަކީ އެއާޕޯޓެއް އޮންނަ ރަށަކަށްވާތީ، އެމަޖެންސީ ހާލަތްތަކުގައި ކޭޓަރކުރެވޭނެ އިމަޖެންސީ އީއާރަކާއި ޕްރައިވެޓް ރޫމް ފެސިލިޓީތައްވެސް ގާއިމުކުރާނެ.
ހެލްތު މިނިސްޓްރީން ބުނީ އާ އިމާރާތް އަޅައި ހިދުމަތް ދޭން ފެށުމާއެކު ދ. އަތޮޅު ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަން ހައްލުވެ، އެތަންތަން ގިންތިކޮށްފައިވާ މިންވަރަށް ތަނުން ފޯރުކޮށްދޭންޖެހޭ އެންމެހާ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވިގެން ދާނެ ކަމަށެވެ. އަދި ރަށުންނާއި ރަށާއި ކައިރި އާބާދީތަކުގެ ރައްޔިތުންނަށްވެސް ހިދުމަތް ލިބިގަތުމުގައި އެތަކެއް ލުއި ފަސޭހަތަކެއް ވެގެންދާނެކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް