Monday, 2 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ބިލަށް ވޯޓު ނުދެއްވަން ތަޅުމުން އަޒާން ނުކުމުވަޑައިގެންފި

ބިލަށް ވޯޓު ނުދެއްވަން ތަޅުމުން އަޒާން ނުކުމުވަޑައިގެންފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވޯޓު ނުދެއްވަން ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން މަޖިލީހުގެ ތަޅުން ދޫކުރައްވައި ބޭރަށް ނުކުމެވަޑައިގެންފި އެވެ.

ފަނޑިޔާރުންގެ އަދަދު 5 އަށް މަދުކުރާ ބިލު އިއްޔެ ބަލައިގަތުމަށްވެސް އަޒާނު ވޯޓު ނުދެއްވަ އެވެ. އެހެންވެ ފިޔަވަޅެއްގެ ގޮތުން ޕީއެންސީގެ މެންބަރުން ހިމެނިވަޑައިގަންނަވާ ވަޓްސްއެޕް ގްރޫޕުން އިއްޔެ ވަނީ އަޒާނު ބޭރުވެސްކޮށްލާފަ އެވެ.

https://twitter.com/axanner/status/1894627968439521286

Advertisement
Ooredoo — Truecaller (box)

ވޯޓުގެ ސިސްޓަމަށް މައްސަލަ އެއް ޖެހިފައިވާތީ މިއަދު ބިލުގެ ވޯޓަށް އެހީ ރޯލްކޯލް ވޯޓަކުންނެވެ. ވަކި ވަކިން ކޮންމެ މެންބަރެއްގެ ނަން އިއްވައި ވޯޓަށް އައްސަވަމުން ދިޔަ ގަޑީގައި ތަޅުން ދޫކުރައްވައި އަޒާނު ވަޑައިގަންނަވާ މަންޒަރު ފެނެ އެވެ.

ފަނޑިޔާރުންގެ ބިލު ފާސްކުރަން ފެންނަ ކަމަށް ވޯޓުދެއްވީ 68 މެންބަރުންގެ ވޯޓުންނެވެ. ވޯޓު ދެއްވީ ސަރުކާރު ހިންގާ ޕީއެންސީ އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނެވެ.

އެ ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 9 މެންބަރުންނެވެ. އެއީ އިދިކޮޅު އެމްޑީޕީގެ މެންބަރުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް