ޚަބަރު

101 އިނާމާއެކުސަލަފުގެ ރޯދަ ހަދިޔާ އިވެންޓް މިރޭ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ކުރިއަށް ގެންދާ"ސަލަފު ރޯދަ ހަދިޔާ" ޙަރަކާތް މިރޭ އޮންނާނެއެވެ. މި ޙަރަކާތަކީ ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން، އެ މަހާގުޅޭ ތަފާތު މަޢުލޫމާތުތައް ފޯރުކޮށްދިނުމަށްޓަކައި ހިންގޭ ހަރަކާތެކެވެ.

ސަލަފުގެ ފަރާތުން ބާއްވާ މި ޙަރަކާތްއޮންނާނީ މިރޭ 20:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި ޙަރަކާތުގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް 101 އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އިނާމުތަކަށްކޫޕަން ދޫކުރުން ހަމަޖެހިފައިވަނީ މިރޭ 20:15 އިން 21:15 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

މި ޙަރަކާތުގައި ދެވޭ 101 އިނާމުގެ ތެރޭގައިއަގުހުރި ތަފާތު އެތައް އިނާމެއް ހުށަހެޅިފައިވެއެވެ.

މިގޮތުން ހުށަހެޅިފައިވާ ބޮޑެތި 10 އިނާމުގެ ތެރޭގައި:

އެލިއާއިން ހަދިޔާކޮށްފައިވާ ސައިކަލަކާއި، އެސްޓީއޯ އިންހަދިޔާކޮށްފައިވާ ފުރިޖަކާއި އަވަނަކާއި ބްލެންޑަރއަކާއި، އެލްވަން ހާޑްވެއަރ އިން ހަދިޔާކޮށްފައިވާ ދޮންނަ މެޝިނަކަށާއި، ޢުމުރާ ދަތުރަކާއި، އިސާހުއަޙްމަދުޑޮޓްކޮމް އިން ހަދިޔާކޮށްފައިވާ ލެޕްޓޮޕަކާއި، މެރިން އިކުއިޕްމަންޓްސް އިން ހަދިޔާކޮށްފައިވާ 12 ހާސް ބީޓީޔޫގެ އެއަރކޯން އަކާއި، ރެޑްވޭވުން ހަދިޔާކޮށްފައިވާސޯފާއަކާއި، ފަރުމާ ފަރުނީޗަރސް އިން ހަދިޔާކޮށްފައިވާ އެނދެއް ހިމެނެއެވެ.

މި ޙަރަކާތަށް ހާޒިރުވާ ބޭފުޅުންނަށް ދެވޭ 101 އިނާމުގެ އިތުރުން، އޮންލައިންކޮށް މި ޙަރަކާތް ބައްލަވާ ބޭފުޅުންނަށްވެސް ޚާއްޞައިނާމުތަކެއް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ޙަރަކާތުގެ އިތުރުން، ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ރަމަޟާންމަހަށް އިސްތިޤްބާލުކުރުމުގެ ގޮތުން، ދީނީ ތަފާތު އެކިޙަރަކާތްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި އަންނަނީ ކުރިއަށް ގެންދަމުންނެވެ.

މީގެ ތެރޭގައި ރަމަޟާންމަހަށް ތައްޔާރުވުމާގުޅޭ ދަރުސްތަކާއި، ވޯކްޝޮޕްތަކާއި، ޓީވީޕްރޮގްރާމްތައް ހިމެނެއެވެ. އަދި ރޯދަމަހުގެ ކޮންމެ ދުވަހެއްގައި ކުރިއަށް ގެންދާ މިސްކިތު ދަރުސް ޕްރޮގްރާމްތަކާއި، ހޮސްޕިޓަލްތަކުގައި ތިބޭ ބަލިމީހުންނަށާއިއެހީތެރިންނަށާއި ހޮސްޕިޓަލްތަކުގެ ސްޓާފުންނަށް ރޯދަ ވިއްލުމަށްދޭ ހަދިޔާ ދިނުމަށް އަންނަނީ ތައްޔާރުވަމުންނެވެ.