Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އަޑިއަށް ދިޔަ ލޯންޗަކުން 48 މީހުން ސަލާމަތްކޮށްފި

އަޑިއަށް ދިޔަ ލޯންޗަކުން 48 މީހުން ސަލާމަތްކޮށްފި

އދ. ދިގުރަށުން 48 މީހުންނާއެކު މާލެއަށް ދަތުރުކުރި ލޯންޗެއް އަޑިއަށް ދަނިކޮށް އެއިން ދަތުރުކުރި މީހުން ސަލާމަތްކޮށްފި އެވެ.

ފުލުހުން ބުނީ ލޯންޗު އަޑިއަށް ދިޔަކަމުގެ ރިޕޯޓް ލިބިފައިވަނީ ހެނދުނު 7:57 ގައި ކަމަށެވެ. އެ ލޯންޗުން ދަތުރުކުރީ 45 ޕަސެންޖަރުންގެ އިތުރުން 3 ކްރޫ މެންބަރުން ކަމަށް ފުލުހުން ބުންޏެވެ.

ފަސެންޖަރުންގެ ތެރޭގައި 4 ކުޑަކުދިންވެސް ހިމެނެ އެވެ.

Advertisement
Allied Insurance — Square (box)

އެ އެންމެންވެސް ސަލާމަތްކޮށް އަނބުރާ ދިގުރަށަށް ގެންގޮސްފައިވާ ފުލުހުން ބުންޏެވެ. އަދި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.

ބެލެވޭ ގޮތުގައި މި ލޯންޗުން ދަތުރުކުރީ ބިދޭސީންތަކެކެވެ. ހާދިސާ ހިނގި ގޮތް ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް