ވިޔަފާރި

ރޯދަ މަހުގެ ފުރަތަމަ ދުވަހު ކަރަންޓު ބޭނުންކުރި މިންވަރު ބޮޑުތަނުން ދަށަށް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މާލޭގައި ހުންނަ ސްޓެލްކޯގެ ހެޑް އޮފީސް/ ފޮޓޯ: ދެން

ރޯދަ މަހުގެ ފުރަތަމަ ދުވަހު މާާލެއާއި ހުޅުމާލޭގައި ކަރަންޓު ބޭނުންކުރި މިންވަރު ބޮޑުތަނުން ދަށަށް ގޮސްފި އެވެ.

ސްޓެލްކޯއިން މިރޭ އެކްސްގައި ބުނީ ރޯދަ މަހުގެ ކުރިން އެންމެ ޕީކް ގަޑީގައި ކަރަންޓު ބޭނުންކުރާ މިންވަރު އެވްރެޖްކޮށް ހުރީ 100 މެގަވޮޓް އިން މަތީގައި ކަމަށެވެ.

އެހެން ނަމަވެސް އިއްޔެއަކީ ވިއްސާރަ ދުވަހަކަށް ވެފައި ސްކޫލްތަކާއި އޮފީސްތައް ވެސް ބަންދުވުމާއެކު، ކަރަންޓު ބޭނުން ކުރި މިންވަރު ދަށްވެ އެންމެ ޕީކްގައި ވެސް ހުރީ 78 މެގަވޯޓް ކަމަށް ސްޓެލްކޯއިން ބުންޏެވެ.

އާންމުކޮށް ހޫނު ގަދަވާ ދުވަސްތަކުގައި ކަރަންޓް ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް މަތިވެ އެވެ. އަދި އެފަދަ ދުވަސް ވަރު ބިލުތައް ބޮޑުވާތީ އާންމުންގެ ޝަކުވާވެސް ބޮޑެވެ އެވެ.

ހުސްވި ޖޫން މަހުގެ ކަރަންޓު ބިލު ބޮޑުވެގެން އާއްމުން ޝަކުވާ ކުރިއިރު، އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށް ސްޓެލްކޯގެ މައި އޮފީސް ކުރިމަތީގައި ބަޔަކު އިހުތިޖާޖުވެސް ކުރި އެވެ. އެއާއެކު ސްޓެލްކޯ އިން ވަނީ ކަރަންޓު ބިލާ މެދު ޝަކުވާ އޮތް ނަމަ އެ ޝަކުވާއެއް ވަޓްސް އެޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް ފޮނުވޭނެ އިންތިޒާމް ހަމަޖައްސާފަ އެވެ.