ވޭޕްގެ ވިޔަފާރި ކުރަމުން ދިޔަ ބިދޭސީއަކު ހައްޔަރުކޮށްފި

މާލޭގައި ގަވާއިދާ ހިލާފަށް ވޭޕްގެ ވިޔަފާރިކުރާ ކަަމަށް ފުލުުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ އެ އޮޕަރޭޝަނުގައި، ވޭޕް ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މީހަކު ދިރިއުޅޭ ތަނާ އަދި އޭނާ މަސައްކަތްކުރާ ކެފޭ ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެ ތަންތަން ބަލައި ފާސްކުރުމުގެ ތެރެއިން 84 ވޭޕް ކާޓްރިޖް އާއި ވޭޕް ވިއްކައިގެން ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވޭ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ އާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އެމްޑީ އަބޫ ސުފްޔާން (27އ) އެވެ.

ވޭޕްގެ ވިޔަފާރި ކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެމްޑީ އަބޫ ސުފްޔާން / ފޮޓޯ:ފުލުހުން
މީގެ އިތުރުން ގަލޮޅުގައި ހުންނަ ފިހާރައެއްގައި ވޭޕް ވިއްކައި، ވިޔަފާރިކުރާ ކަަމަށް ތުހުމަތު ކުރެވޭ މައްސަލަ އާ ގުޅިގެން އެ ފިހާރަ ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ވޭޕް އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އެ އޮޕަރޭޝަނުގައި ފުލުހުންގެ އިތުރުން ހެލްތު މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީން ބައިވެރިވި ކަމުގަ އެވެ.
މި ދެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
