Thursday, 29 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މާލެއިން އަންހެނަކު ގެއްލިގެން ހޯދަނީ

މާލެއިން އަންހެނަކު ގެއްލިގެން ހޯދަނީ

މާލެއިން އަންހެނަކު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންގެ ރަސްމީ އެކައުންޓުން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ ގެއްލިގެން ހޯދަމުން ދަނީ ހައްވާ ހަސަން، ހ. ބްލޫލޫން / މާލެ (31އ) ކަމަށެވެ.

ފުލުހުން ބުނީ އޭނާ ގެއިން ދިޔަގޮތަށް ދިޔަފަހުން ހަބަރެއް ނުވެ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ވަނީ މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާ އެކު އޭނާ ހޯދުމަށް ޓަކައި ފުލުހުންގެ ކަމާ ގުޅުންހުރި އެންމެހާ ބަހާތަކަށް މައުލޫމާތު ހިއްސާކުރެވި، ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އޭނާ ހޯދުމަށް މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ ހައްވާ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ލަސްނުކޮށް މާފަންނު ޕޮލިސް އިންވެސްޓިގޭޝަންގެ ޑިއުޓީ ނަންބަރު 9660183 އަށް ގުޅައި ހިއްސާކުރުމަށް އެދިފަ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް