Sunday, 1 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ދެމަފިރިއެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި ފިރިމީހާ ޒަހަމްކޮށްލައިފި

ދެމަފިރިއެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި ފިރިމީހާ ޒަހަމްކޮށްލައިފި

ބ. ދަރަވަންދޫގައި ދެމަފިރިއެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި ފިރިމީހާ ޒަހަމްކޮށްލައިފި އެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ދެމަފިރިއެއްގެ ދެމެދުގައި ހަމަނުޖެހުމެއް ހިނގި މައްސަލައިގެ ރިޕޯޓު އެ އިދާރާއަށް ރިޕޯޓުކޮށްފައި ވަނީ ރޭ މެންދަމު 1:52 ހާއިރު ކަމަށެވެ.

އެ ހަމަނުޖެހުމުގައި ފިރިހެން މީހާ ޒަހަމްވުމާ ގުޅިގެން ބ. އޭދަފުށީ ހޮސްޕިޓަލުގައި ފަރުވާދީ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

Advertisement
HDC — Sidebar (box)

ފިރިހެން މީހާއަށް ލިބުނު ޒަހަމްތަކުގެ ތަފުސީލެއް ލިބިފައެއް ނުވެ އެވެ.

ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް