ޕީއެންސީގެ ނަމުގައި މެސެޖުތަކެއް ފޮނުވަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

މައުލޫމާތު ހޯދުމަށް ކަމަށް ބުނެ ވެރިކަންކުރާ ޕީއެންސީގެ ނަމުގައި މެސެޖުތަކެއް ފޮނުވަމުންދާތީ ސަމާލުވުމަށް އެ ޕާޓީން އިލްތިމާސްކޮށްފި އެވެ.
މެސެޖުތައް ފޮނުވުން ކުށްވެރިކޮށް ޕީއެންސީން އިއްޔެ ނެރުނު ބަޔާނުގައި ބުނީ އެ ޕާޓީގެ ބޭނުމަށް ރަށްރަށުން އެއްވެސް މައުލޫމާތެއް ހޯދާނަމަ އެކަން ކުރާނީ ސީދާ އެ ޕާޓީގެ މައި އިދާރާއިންނާއި އެކަމަށް ކަނޑައެޅިފައިވާ ރަސްމީ ޗެނަލްތައް މެދުވެރިކޮށް ކަމަށެވެ. އަދި އެސްއެމްއެސް މެދުވެރިކޮށް އެފަދަ މައުލޫމާތުތަކަށް ނޭދޭނެ ކަމަށް ވެސް ބުންޏެވެ.
އެހެންކަމުން އެފަދަ މެސެޖެއް ލިބިއްޖެނަމަ އެ މެސެޖުތަކަށް އިޖާބު ނުދީ ޕާޓީގެ ރަސްމީ އިދާރާއަށް އެކަން އެންގުމަށް ވެސް ޕީއެންސީން ގޮވާލި އެވެ.
ޕީއެންސީން ބުނިގޮތުގައި މިހާތަނަށް ފާހަގަކުރެވިފައިވާ އެފަދަ މައްސަލަަތައް ފުލުހުންނަށް ހުށަހަޅައިގެން ބަލާނެ އެވެ.
ޕީއެންސީން އިތުރަށް ބުނީ
- މެސެޖުތައް ފޮނުވަމުން ދަނީ ސިޔާސީ ބޭނުމަކަށް ކަމަށް
- އެފަދަ މެސެޖުތައް ފޮނުވާާ ފަރާތްތަކަށް އެކަން ހުއްޓާލުމަށް
އެކި ނަންނަމުގައި އެކި މީހުންނަށް މެސެޖުކުރުމަކީ މިހާރު އާންމު ކަމަކަށް ވަނީ ވެފަ އެވެ. އެގޮތުން ފައިސާ ހޯދުމަށާއި އަދި އެހެނިހެން ސްކޭމްތައް ވެސް އެގޮތަށް ގުޅައިގެން ކުރާކަން ފާހަގަވެފައި ވެއެވެ. އަދި އެފގަދަ މައްސަލަތަކުގައި ޝާމިލުވާ މީހުން ހޯދަން ދޭތެރެ ދޭތެރެއިން ފުލުހުން އިއުލާންވެސް ކުރެ އެވެ.
