ޚަބަރު

އެސްޑީއެފްސީގެ އެމްޑީގެ މަގާމުން ފިފްޝީން ވަކިކޮށްފި

. ، ދެން އޮންލައިން
އެސްޑީއެފްސީގެ އެމްޑީ އަކަށް ހުންނެވި ފިފްޝީން/ ފޮޓޯ: އެސްޑީއެފްސީ

އެސްއެމްއީ ޑިވެލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ މެނޭޖިން ޑިރެކްޓަރު ކަމުން އައިޝަތު ފިފްޝީން އަލީ މިއަދު ވަކިކޮށްފި އެވެ.

Ads by MPL

ފިފްޝީން މަގާމުން ވަކިކުރިކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ޔަގީންކޮށްދީފައިވާއިރު، ވަކިކުރި ސަބަބެއް ނުބުނެ އެވެ.

ފިފްޝީން އެ މަގާމަށް ހަމަޖެއްސީ ޖެނުއަރީ 23، 2024 ގަ އެވެ.

އޮސްޓްރޭލިއާގެ އެޑިތު ކޮވަން ޔުނިވާސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް އިންޓަނޭޝަނަލް ބިޒްނަސްވެސް ހާސިލުކުރައްވާފައިވާ ފިފްޝިން ވަނީ މީގެ ކުރިން ބޭންކް އޮފް މޯލްޑިވްސް ހެޑް އޮފް ޗެނަލް މެނޭޖުމަންޓާއި ހެޑު އޮފް އެކުއަރިން އެންޑް ޑިޖިޓަލް ޕޭމަންޓު ފަދަ މަގާމުތައް އަދާކުރައްވާފަ އެވެ.