Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަންކުރަން ރައީސަށް ލަފާއަރުވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަންކުރަން ރައީސަށް ލަފާއަރުވައިފި

ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސެން ޝަހީދު އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ ލަފާއަރުވައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލެއްވީ ޝަހީދާ، ގާނޫނީ ވަކީލު ރުސްދުﷲ އިބްރާހީމްގެ އިތުރުން ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އަދި ސިވިލް ކޯޓުގެ ގާޒީކަން ވެސް ކުރައްވާފައިވާ މަރިޔަމް ނިހާޔަތެވެ.

އެ ތިން ބޭފުޅުންނާ ޖޭއެސްސީން މިރޭ އިންޓަވިއުކޮށްފައިވެ އެވެ.

Advertisement
HDC — Sidebar (box)

އެނގިފައިވާ ގޮތުން އިންޓަވިއު އަށް ފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޝަހީދު އައްޔަންކުރަން ރައީސަށް ލަފާއަރުވަން ކޮމިޝަންގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ. އެހެންވެ ޖޭއެސްސީން ވަނީ ޝަހީދު އައްޔަންކުރަން ފެންނަ ކަމަށް ރައީސަށް މިރޭ ސިޓީ ފޮނުއްވާފަ އެވެ.

ޝަހީދުގެ ނަން ރައީސަށް ފޮނުވަން ނިންމީ އިންޓަވިއު ކުރި 3 މީހުންގެ ތެރެއިން އެންމެ ގާބިލު މީހަކީ އޭނާ ކަމަށްވާތީ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމެއް ހުސްވީ ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ސުއޫދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ، ޕާޓީން ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއްގެ އަޑުއެހުމެއް ފަށަން ތައްޔާރުވެފައި ވަނިކޮށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް