ޚަބަރު

ފުއާދުގެ ސަފީރުކަމުގެ ފަތްކޮޅު ތައިލެންޑުގެ ރަސްގެފާނަށް އަރުވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ފުއާދު، ސަފީރުކަމުގެ ފަތްކޮޅު ތައިލެންޑުގެ ރަސްގެފާނަށް އަރުވަނީ/ ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖެއިން ތައިލެންޑަށް ކަނޑައަޅާފައިވާ ސަފީރު ފުއާދު ތައުފީގުގެ ސަފީރުކަމުގެ ފަތްކޮޅު ތައިލެންޑުގެ ރަސްގެފާނު މަހާ ވަޖިރަލޮންގްކޯން އަށް އަރުވައިފި އެވެ.

Ads by MPL

ފުއާދުގެ ސަފީރުކަމުގެ ފަތްކޮޅު ތައިލެންޑުގެ ރަސްގެފާނަށް އަރުވާފައިވަނީ އިއްޔެ ބެންކޮކްގެ އަމްފޯން ޝާހީ ގަނޑުވަރުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ފަތްކޮޅު އެރުވުމަށް ފަހު ރާއްޖެއާ ތައިލެންޑާ ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ފުއާދު ދެއްވާފައިވާ ކަމަށެވެ.

ތައިލެންޑާ އެކު ރާއްޖެއިން ސިޔާސީ ގުޅުން ގާއިމުކުރީ ޖޫން 21، 1979 ގަ އެވެ. ރާއްޖެއިން ތައިލެންޑަށް ކަނޑައެޅުއްވި އާ ސަފީރުކަމަށް އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު އައްޔަންކުރެއްވީ ޑިސެމްބަރު 16، 2024 ގަ އެވެ.

Ads by Allied Insurance