ޚަބަރު

އަންނަ ހޮނިހިރުން ފެށިގެން ގޮވާމުން ޒަކާތް ދެއްކޭނެ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޒަކާތް ދިނުމަށް ގޮވާމުގެ ބާވަތްތައް ގެންގޮސްފައި--

އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރު ވެސް ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގޮވާމުން ޒަކާތް ދެއްކޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

Ads by MPL

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ގޮވާމުން ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް އަންނަ ހޮނިހިރުން ފެށިގެން މި މަހުގެ 27 އާ ހަމައަށް ޒަކާތް ދެއްކޭނެ ކަމަށެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު ޢާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް، 2.4 ކިލޯގެ މިންވަރެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވާ ބާވަތްތައް

  • އާދައިގެ ހަނޑޫ
  • ތައިލެންޑް ހަނޑޫ
  • ބާސްމަތީ ހަނޑޫ
  • ރަތް ހަނޑޫ
  • ގޮދަން ފުށް
  • އާޓާ ފުށް

މާލެ ސިޓީގައި ގޮވާމުން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މަޖީދިއްޔާ ސްކޫލުގެ ސަލާހުއްދީން ހޯލު (ކުރީގެ ދަރުމަވަންތަ ސްކޫލް ހޯލު) ގައި މެންދުރު އެކަކުން ހަތަރަކަށެވެ.

ފައިސާއިން ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށާއި ކައުންޓަރުތަކުން ޒަކާތް ދެއްކުމުގެ  ފުރުސަތުވެސް ރޯދަ މަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.