މިސައިލްތަކެއް ގަންނަން އުޅޭތޯ ބަލަން ޑިފެންސް މިނިސްޓަރާ ސުވާލުކުރަނީ

ރާއްޖޭގެ އަސްކަރިއްޔާގެ ބޭނުމަށް މިސައިލްތަކެއް ގަންނަން އުޅޭތޯ ބަލަން ޑިފެންސް މިނިސްޓަު ޣައްސާން މައުމޫންއާ ސުވާލުކުރަން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް މިއަދު މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
ޣައްސާންއާ ސުވާލުކުރަން މީކާއިލް ނޯޓިސް ފޮނުވާފައިވާ އިރު މިކާއިލް އެދިވަޑައިގެންފައިވަނީ މިސައިލްތަކެއް ގަތުމުގެ އެއްވެސް މަޝްވަރާތަކެއް އެއްވެސް ފަރާތަކާއެކު ކުރަމުންދޭތޯ ސާފުކޮށްދެއްވުމަށެވެ. މީކާއީލް ހުށަހެޅުއްވީ ޣައްސާން މަޖިލީހުގެ ޖަލްސާއަކަށް ހާޒިރުވެ މީކާއީލްގެ ސުވާލަށް ޖަވާބު ދެއްވުމަށެވެ.
މިދިޔަ އަހަރު ރާއްޖޭގެ ދިފާއީ ބޭނުމަށް ތުރުކީން ޑްރޯންތަކެއް ގަތް މައްސަލައިގައި ވެސް ޣައްޒާންއާ މަޖިލީހުގައި ސުވާލުކުރި އެވެ.
އަސްކަރީ މިސައިލުތަކެއް ރާއްޖޭން ހޯދަނީ ތުރުކީން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ އަޑުފެތުރިފަ އެވެ.
