ލައިފްސްޓައިލް

އެއްވެސް މީހަކީ ހުސްވަގުތު ނުލިބޭ މީހެއް ނޫނެވެ. ފަހަރުގައި އެމީހަކަށް ތިބާ މުހިންމު ނުވަނީއެވެ.

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ހުސްވަގުތަކީ ވަރަށް ބޮޑު ނިއުމަތެކެވެ. ހުސްވަގުތު ނިއުމަތަކަށް ވާ ސަބަބު، އަދި ހުސްވަގުތަކީ ކިހާ ބޮޑު ނިއުމަތެއްކަން އަޅުގަނޑުމެންނަށް ވިސްނެން ފަށަނީ އަޅުގަނޑުމެން އަވަދިނެތި އުޅެން ފެށުމުންނެވެ. ލޯބިވާ އާއިލާއަށާއި އެކުވެރިންނަށް ވަގުތު ނުދެވެން ފެށީމައެވެ. އޭރުން ހުސް ވަގުތަކީ ކިހާ މުހިންމު އެއްޗެއްކަން އަޅުގަނޑުމެންނަށް އެނގިގެން ދާނެއެވެ.

Ads by STELCO

ވަރަށް ގިނަ ފަހަރަށް ރައްޓެހިންނަށް ގުޅައިލުމުން ބުނާ ވާހަކައެކެވެ. އަޅުގަނޑު ވެސް ޝާމިލުވާ ގޮތުގައެވެެ. ރައްޓެއްސަކު ގުޅާލުމުން ބިޒީއޭ ފަހުން ގުޅާނަމޭ ބުނެފައި ވަރަށް ގިނަ ފަހަރަށް ފޯނު ބޭއްވެއެވެެ. ހަމަ ހަގީގަތުގައި ވެސް އެވަގުތު ބިޒީކޮށް އުޅޭތީއެވެ. ނަމަވެސް ބައެއް ފަހަރަށް އަޅުގަނޑުމެންގެ ތެެެރެއިން ގިނަ މީހުންނަށް ހުސްވަގުތެއް ލިބުމުން ވެސް އެ ރަހުމަތްތެރިޔާއަށް ގުޅައިނުލެވެއެވެ. ހަނދާން ނެތެނީއެވެ. އެ ރަހުމަތްތެރިޔާއަށް ގުޅުމަށްވުރެ މާ މުހިއްމު ކަންކަން އެ ލިބޭ ކުޑަ ހުސްވަގުތު ކޮޅުގައި ކުރަން ހުންނަނީއެވެ.

އެ ރަހުމަތްތެރިޔާއަކީ ތިބާއަށް މުހިންމު މީހެއްނަމަ، ތިބާ އޭނާއަށް ގުޅާނަމޭ ބުނުމަށްފަހު ގުޅާނެއެވެ. ފަހަރުގައި މީހަކު ހަނދާން ވެސް ނެތިދާނެއެވެ. ނަމަވެސް ރައްޓެހިންނަކީ ވެސް ތިބޭ ބައެއް ކަމާއި އަދި މީހެއް ގާތުގައި ގުޅާނަމޭ ބުނެ ތިމަންނާއަށް ވައުދެއް ވެވިފައިވާކަން ހަނދާން ކުރަން ވާނެއެވެ. ބުނާ ބަހުގައި އިތުބާރެއް ހުންނަން ވާނެއެވެ. ގުޅާނަމޭ ބުނެ ޚަބަރެއް ނުވެ ހުރެފައި އަނެއްކާ ވެސް އެތައް ދުވަހެއް ފަހުން ކަމެއް ޖެހުމުން ގުޅައިލާނަމަ ތިޔައީ ރަހުމަތްތެރިކަމެއް ނޫނެއް ނޫން ހެއްޔެވެ.

މިތުރާއެވެ. ވިސްނާށެވެ. ވަގުތަކީ ކޮންމެ މީހަކަށް ވެސް ހޯދީމައި ލިބޭނެ އެއްޗެކެވެ. އަދި ހުސް ވަގުތަކީ މަދުން ނަމަވެސް ހަމަ ކޮންމެ މީހަކަށް ވެސް ލިބޭނެ އެއްޗެކެވެ. ކޮންމެ މީހަކަށް ވެސް ހުސްވަގުތު ވާނެއެވެ. އެމީހަކު ތިބާއަށް ޚަބަރު ނުވާނަމަ މާނައަކީ އޭނާއަށް ތިބާ މުހިންމު ނޫނީއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!