Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ދީން

މާލެ ސަރަހައްދުގެ ހަތަރު މައިދާނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނެ

މާލެ ސަރަހައްދުގެ ހަތަރު މައިދާނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނެ
މި އަހަރު މާލެ ސަރަހައްދުގެ ހަތަރު މައިދާނެއްގައި ބޮޑު ޖަމާއަތުގައި ފިތުރު އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާކަން އިސްލާމިކް މިނިސްޓްރީން ހާމަކޮށްފި އެވެ. އިސްލާމިކް މިނިސްޓްރީން ރޭ ކުރި އިއުލާނެއްގައި ވަނީ މާލެ ސަރަހައްދުގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މައިދާންތަކާއި މިސްކިތްތައް އާންމުކޮށްފަ އެވެ. ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މައިދާންތަކަކީ މާފަންނު ސްޓޭޑިއަމް ސަރަހައްދާއި ވިލިމާލެ ބޯޅަދަނޑާއި ހުޅުމާލެ ފޭސް އެކެއްގެ ސިންތެޓިކް ޓްރެކް ސަރަހައްދު އަދި ހުޅުމާލެ ފޭސް ދޭއްގެ ކްރިކެޓް ސްޓޭޑިއަމް އެވެ.

ފިތުރު އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ތަންތަން:

  • މާފަންނު ސްޓޭޑިއަމް (ބޮޑުޖަމާއަތް) - މާލެ
  • މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢްޡަމް (އިސްލާމީ މަރުކަޒު) - މާލެ
  • މަސްޖިދުލްމަލިކި ސަލްމާން - މާލެ
  • މަސްޖިދުލްފުރުޤާން - މާލެ
  • މަސްޖިދުއްނޫރު - މާލެ
  • މަސްޖިދުއް ޝަޙީދު ޢަލީ - މާލެ
  • މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް) - މާލެ
  • މަސްޖިދުއްސުލްޠާނު މުޙައްމަދު ފަރީދުލްއައްވަލު (ދުބުރި މިސްކިތް) - މާލެ
  • މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް) - މާލެ
  • މަސްޖިދުއްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް) - މާލެ
  • މަސްޖިދު ޞަލާޙުއްދީން - މާލެ
  • މަސްޖިދު ޖަލާލުއްދީން - މާލެ
  • މަސްޖިދު އިބްރާހީމް - މާލެ
  • މަސްޖިދު އިސްކަންދަރު - މާލެ
  • ވަގުތީ މިސްކިތް (ބޮޑުގެ) - މާލެ
  • މަސްޖިދުއްސުލްޠާނު މުޙައްމަދު ޢިމާދުއްދީން (ރަންމިސްކިތް) - މާލެ
  • މަސްޖިދުއްޝައިޚް މުޙައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް) - މާލެ
  • މާފަންނު އާމިސްކިތް - މާލެ
  • ވިލިމާލެ ބޮޑު ޖަމާއަތް (ވިލިމާލެ ބޯޅަދަނޑު) - ވިލިމާލެ
  • މަސްޖިދުއްސަލާމް - ވިލިމާލެ
  • ހުޅުމާލެ ބޮޑު ޖަމާއަތް (ސިންތަޓިކް ޓްރެކް) - ހުޅުމާލެ
  • މަސްޖިދުއްޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ (ހުޅުމާލެ ފޭސް 1) - ހުޅުމާލެ
  • މަސްޖިދު ރަޝީދު (ހުޅުމާލެ ފޭސް 1) - ހުޅުމާލެ
  • މަސްޖިދު ޢަޒީޒާ މޫސާ (ހުޅުމާލެ ފޭސް 1) - ހުޅުމާލެ
  • ހުޅުމާލެ ބޮޑު ޖަމާއަތް (ކުރިކެޓް ސްޓޭޑިއަމް) (ހުޅުމާލެ ފޭސް 2) - ހުޅުމާލެ
  • މަސްޖިދު ޙަސަން އާދަމް (ހުޅުމާލެ ފޭސް 2) - ހުޅުމާލެ
  • މަސްޖިދު އަބީބަކުރިނިއްޞިއްދީޤް (ފޭސް 2 ހުޅުމާލެ) - ހުޅުމާލެ
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މޫސުން ތަން ނުދިނުމުގެ ސަބަބުން މައިދާންތަކުގައި ކުރުމަށް ހަމަޖެހިފައިވާ ބޮޑު ޖަމާއަތުގެ އީދު ނަމާދު ކެންސަލް ކުރަން ޖެހިއްޖެ ނަމަ، އީދު ނަމާދު ކުރާނީ މާލެ ސަރަހައްދުގެ ހުކުރު ނަމާދުކުރާ ހުރިހާ މިސްކިތެއްގައި ކަމުގަ އެވެ. މީގެކުރިން އީދު ނަމާދު ކުރަމުން އައީ ހެނދުނު 7:30 ގައި ނަމަވެސް މިދިޔަ އަހަރުގެ ފިތުރު އީދުން ފެށިގެން އީދު ނަމާދުކުރަން ފަށާ ވަގުތު 7:00 އަށް ވަނީ އަވަސްކޮށްފަ އެވެ. ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފިތުރު އީދު ދުވަހަކީ ހިނގަމުން މިދާ މަހުގެ 31 ވަނަ ދުވަހެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް