ވިޔަފާރި

ކުކުޅު ފިހާރައިގެ މިހަފްތާގެ ނަސީބުވެރިއަކަށް އައިމިނަތު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ކުކުޅު ފިހާރައިގެ 5 ވަނަ ހަފްތާގެ ނަސީބުވެރިއަކަށް އައިމިނަތު ހަތޫ ހޮވިއްޖެއެވެ. މިއީ ކޮންމެ ހަފްތާއަކުވެސް ކޮންމެ ވެސް އެއް ފަރާތަކަށް “ފްރޯޒަން ޕެކެއް ލިބޭ ގޮތަށް ހަމަޖެހިފައިވާ ޕްރޮމޯޝަން އެކެވެ.

Ads by Hajj Corporation

މިދިޔަ މަހު 20 އިން ފެށިގެން އޮކްޓޯބަރ މަހުގެ 20 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަން ގައި ބައިވެރިވުމަށް ކުކުޅު ފިހާރައިގެ ފޭސްބުކް ޕޭޖްގައި "ޝެއާ އެންޑް ވިންޕޯސްޓު ލައިކްކުރުމަށް ފަހު، އެ ޕޯސްޓު ޝެއާކޮށް، ރައްޓެއްސަކު ޓެގް ކޮށްލުމުން މި ޕްރޮމޯޝަންގައި ބައިވެރި ވެވޭނެއެވެ.

ދެމަސް ދުވަހަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގެ ހަފްތާ ނަސީބުވެރިޔާ އިއުލާން ކުރުން އޮންނާނީ ކޮންމެ ހަފްތާއެއްގެ ވެސް އަންގާރަ ދުވަހުއެވެ.

ކުކުޅު ފިހާރައަކީ ގިނައަދަދެއްގެ ފިނިކުރި ސާމާނު ހެޔޮ އަގެއްގައި ލިބޭ ފިހާރައެކެވެމި ފިހާރައިން ހޯލްސޭލްކުރާތާ މިހާރު 6 އަހަރު ވެފައިވާއިރު ކުކުޅު ފިހާރައިގެ އައުޓްލެޓްތަކުން ވިޔަފާރި ކުރާ މީހުންނަށް ކުކުޅު  ޑެލިވަރީ  ކޮށްދެއެވެ. އަދިކަރީ ކަޓް” ގެ ނަމުގައި ކުކުޅުގެ ބާވަތެއް އެ ފިހާރައިން ވަނީ ވަރަށް ފަހުން ތަޢާރަފު ކޮށްފައެވެ.

ކުކުޅު ފިހާރައިގެ ޖުމުލަ 6 ފިހާރައެއް މިހާރު ހުރެއެވެކުކުޅު ފިހާރަ 1 ހުޅުމާލޭގައި ހުންނަ އިރު ކުކުޅު ފިހާރަ 2 ހުންނަނީ މާފަންނު އޭއެމްޑީސީ ސަރަހައްދުގަ އެވެކުކުޅުފިހާރަ 3 ހުންނަނީ ހެންވޭރު ކަލާފާނު ހިނގުމުގަ އެވެ. 4 ވަނަ ފިހާރަ އއތޮއްޑޫގައި ހުންނައިރު 5 ވަނަ ފިހާރަ ހުންނަނީ އައްޑޫ ސިޓީ ހިތަދޫ ގައެވެމީގެއިތުރުން "ކުކުޅުފިހާރަ"އިގެ ހަ ވަނަ ފިހާރަ ހުންނާނީ ރމަޑުއްވަރީ ގައެވެ.

ކުކުޅު ފިހާރައިން ޑެލިވަރީ ކުރުމަށް 9986575 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!