ޚަބަރު

ޝަމްއާންގެ މައްސަލައިގައި ސީސީޓީވީ ފުޓޭޖު އެއްކޮށް ގިނަ ބައެއްގެ ބަޔާން ނަގައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު / ފޮޓޯ:އިމިގްރޭޝަން

ކުރީގެ އިމިގްޜޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ހިމެނޭ ގޮތަށް އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދި މައްސަލައިގައި ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖުތައް އެއްކޮށް ގިނަ ބަޔަކާ ސުވާލުކޮށް ބަޔާން ނަގައިފި އެވެ.

Ads by STELCO

އެ މައްސަލައިގެ އެންމެ ފަހުގެ އަދާހަމައާ ގުޅޭ ގޮތުން ފުލުހުން މިރޭ ނެރުނު ބަޔާނުގައި ބުނީ މި މަހުގެ 12 ވަނަ ދުވަހު ބިދޭސީންގެ ހަތް މީހަކު ޑިޓެއިންކޮށް އިމިގްރޭޝަންއިން ރެއިޑް ހިންގީ އެކަމާ ނުވެސް ގުޅޭ އިމިގްރޭޝަންގެ ޑިޕާޓްމެންޓެއްގެ ތުން މުވައްޒަފުން ކަމަށެވެ.

އެ ބިދޭސީންނަކީ ގަވައިދާ އެއް ގޮތަށް ވެސް އުޅެމުންދިޔަ ބަޔަކަށްވާ އިރު އޭގެ ތެރެއިން އެކެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ވެސް ފެނުނެވެ.

އަދި ފައިސާ ފެނުނު މީހާ ދޫކޮށްލީ ޝަމްއާން އަންގައިގެން ކަމަށް ފުލުހުން ބުނާއިރު އޭނާގެ އަތުން ފެނުނު ފައިސާ ވެސް ފަހުން އެ ބިދޭސީ މީހާއަށް އަނބުރާ ދިންކަމަށް ވެސް ފުލުހުން ބުންޏެވެ؛

  • ބިދޭސީ މީގާ ދޫކޮށްލުމުން އޭނާ އެންމެ ފުރަތަމަ ދިޔައީ ހަވާލުވި ސްޕޮންސަރާއެކު ސައިކަލުގައި. ނަމަވެސް ވަކި ހިސާބަކުން އިމިގްރޭޝަންގެ އޮފިސަރަކާއެކު އެ އިދާރަގެ ވެހިކަލަށް އަރާ
  • މާލޭގެ އެކި ސަރަހައްދުތަކުގައި އިމިގްރޭޝަންގެ ވެހިކަލް ދުއްވުމަށް ފަހު ބިދޭސީ މީހާ ދިރިއުޅޭ ގެއަށް ގެންގޮސްދިން
  • އިމިގްރޭޝަންގެ  އޮފިސަރަކު އެ އިދާރާގެ ވެހިކަލުން ފައިސާކޮތަޅު ނަގައި ސައިކަލެއްގައި ގޮސް ޝަމްއާންގެ ގެއަށް ދިޔަ

"ސީސީޓީޗީ ފުޓޭޖުން ފެންނަގޮތުން [އިމިގްޜޭޝަން އޮފިސަރު ޝަމްއާންގެ] ގެއަށް ވަންނައިރު ކޮތަޅުގައި ގިނަ އަދަދެއްގެ ފައިސާ ހުރިއިރު ނުކުންނައިރު ކޮތަޅު މުށުތެރޭގައި ބޮނޑިކޮށްލާފައި އޮންނަކަން ފާހަގަކުރެވިފައި ވެއެެވެ" ފުލުހުންގެ ބަޔާނުގައި ބުނެފައި ވެެއެވެ.

ފުލުހުން ބުނީ އެ މައްސަަލައިގައި ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖު އެއްކޮށް ގިނަ ބަޔަކާ ސުވާލުކޮށް މައްސަލައާ ގުޅުންހުރި ފަރާތްތަކުގެ ބަޔާން ވެސް ނަގާފައިވާ ކަމަށެވެ.

އެ ،މައްސަލައިގައި ޝަމްއާން، އިމިގްޜޭޝަން ކޮންޓްރޯލަރުގެ މަގާމުން ވަކިކޮށް އޭނާގެ ފުލުހުން ފާސްކުރި އެވެ. އަދި ބޭރު ފައިސާއާއި ދިވެހި ފައިސާ ހިމެނޭ ގޮތަށް ހަތަރު ލައްކައަށް ވުރެ ގިނަ ފައިސާ ޝަމްއާންގެ ގެއިން ގެންދިޔަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!