ޚަބަރު

ކުރީގެ އަނބިމީހާ ބްލެއިކްމެއިލް ކުރި މީހަކު ހައްޔަރުކޮށްފި

. ، ދެން އޮންލައިން

ކުރީގެ އަނބިމީހާ އަށް ބިރުދައްކައި ބްލެކްމެއިލް ކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.

Ads by STELCO

ކްރިމިނަލް ކޯޓުން މިއަދު އާއްމުކޮށްފައިވާ ކޯޓު އަމުރުގައި ބުނާ ގޮތުން އެ މައްސަލާގައި ހައްޔަރުކުރީ މާލެއަށް ނިސްބަތްވާ 57 އަހަރުގެ މުހައްމަދު ޒުބައިރު ކިޔާ ފިރިހެނެކެވެ.

ކޯޓު އަމުރުގައިވާ ގޮތުން އެ މީހާ ކުރީގެ އަނބިމީހާ އަށް ބިރުދައްކައި ބްލެކްމެއިލް ކުރި ކަމުގެ ހެކި ފުލުހުން ހުށަހަޅާފައިވެ އެވެ.

މުޖުތަަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފެންނާތީ ކްރިމިނަލް ކޯޓުން ވަނީ އެ މީހާ 10 ދުވަހަށް ބަންދުކޮށްފަ އެވެ.

Ads by Ooredoo