މޯލްޑިވް ގޭސްއިން ގޭސް ގަންނަން ދެއްކި ފައިސާތަކެއް ގެއްލިއްޖެ

ސަރުކާރުގެ ކުންފުނު މޯލްޑިވްސް ގޭސްއިން ގޭސް ގަންނަން ދެއްކި ފައިސާތަކެއް "ގެއްލިއްޖެ" އެވެ.
މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން ޕްރޮކިއުމަންޓްގެ ކަންކަން ކުރިއަށް ގެންދަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން(ޕީސީބީ)ން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށްތޯ ކަށަވަރުކުރަން ޖެހިފައިވާ ކަމަށެވެ.
އެގޮތުން ދާދި ފަހުން މޯލްޑިވް ގޭސްއިން ޕްރޮކިއުމަންޓްގެ ކަންކަން ކުރިއަށް ގެންދިޔަ ގޮތުން ދިމާވި މައްސަލައެއް ނާޒިމް ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އެބައޮތް މޯލްޑިވް ގޭސްއިން އެޑްވާންސް ޕޭމަންޓްއެެއްގެ ގޮތުގައި ގޭސް ޝިޕްމަންޓްއަކަށް ދެއްކި ފައިސާވެސް ގެއްލިއްޖެ. ދެން އެ ފައިސާ ހޯދުމުގެ ކަންކަމުގައި ވެސް އެއްވެސް ކާމިޔާބީއެއް ނުލިބޭ" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީސީބީން އުސޫލުތަކެއް ހަދާފައި އޮއްވާ އެއްވެސް ސެކިއުރިޓީއެއް ނެތި ބަޔަކަށް ފައިސާތަކެއްދީ ގެއްލުމަކީ ވަރަށް ބޮޑު މައްސަލަައެއް ކަމަށެވެ.
"ދެން" އަށް އެނގިފައިވާ ގޮތުން އެ ގޭސް ޝިޕްމަންްޓްއަށް 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) މޯލްޑިވް ގޭސްއިން އޮތީ ދައްކާފަ އެވެ.
