ފޮރިން މިނިސްޓަރު ހަލީލް ރަސްމީ ދަތުރެއްގައި ތުރުކީއަށް

އަންތާލިޔާ ޑިޕްލޮމަސީ ފޯރަމްގެ ހަތަރުވަނަ އެޑިޝަންގައި ބައިވެރިވެވަޑައިގަތުމަށް ތުރުކިޔޭގެ ފޮރިން މިނިސްޓަރު، ހަކާން ފިދާންގެ ދައުވަތަކަށް ރާއްޖޭގެ ފޮރިން މިނިސްޓަރު، ޑރ. އަބްދުالله ހަލީލް މިއަދު ތުރުކިޔޭގެ އަންތާލިއާއަށް ވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ "ރީކްލެއިމިން ޑިޕްލޮމަސީ އިން އަ ފްރެގްމެންޓެޑް ވޯލްޑް" ގެ ޝިއާރުގެ ދަށުން މި މަހުގެ 11 އިން 13ގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ފޯރަމް އޮންނާނީ އަންތާލިއާގެ ނެސްޓް ކޮންވެންޝަން ސެންޓަރުގައި ކަމަށެވެ.
މި ފޯރަމްގައި "ޖިއޯސްޓްރެޓެޖިކް ޑައިނަމިކްސް އިން ދަ އޭޝިއާ ޕެސިފިކް" ގެ ނަމުގައި ބާއްވާ ޕެނަލް ޑިސްކަޝަންގައި ހަލީލް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
އަދި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ރަހްމަތްތެރި ގައުމުތަކުގެ ހާރިޖީ ވަޒީރުންނާ އެ ފޯރަމްގެ ހަވާސާގައި ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވެ އެވެ.
ހަލީލް، އަންތާލިއާ ޑިޕްލޮމަސީ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަކީ ބައިނަލްއަގްވާމީ އަދި ސަރަހައްދީ ގޮންޖެހުންތައް ހައްލުކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކޮށް މަޝްވަރާއާއި އެއްބާރުލުންދޭކަން ހާމަވެގެންދާކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
