ޚަބަރު

13 މިލިއަން ރުފިޔާއާއެކު އެންމެ ގިނަ ފައިސާ ދޫކުރީ ޕީއެންސީއަށް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޕީއެންސީ ޖަގަހައިގައި ބޭއްވި ޖަލްސާއެއް - ދެން ފޮޓޯ

ސީޔާސީ ޕާޓީތަކަށް އިލެކްޝަންސް ކޮމިޝަން(އީސީ)އިން އެންމެ ގިނަ ފައިސާ ދޫކުރި ޕާޓީއަކަށް ވެރިކަން ކުރާ ޕީއެންސީ ވެއްޖެ އެވެ.

Ads by MPL

އީސީން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަނީ 10،000 މެމްބަރުން ހަމަވާ ޕާޓީތަކުގެ ތެރެއިން އެ ޕާޓީގައި ހިމެނޭ މެމްބަރުންގެ އަދަދަށް ރިއާޔަތްކޮށެވެ. އެގޮތުން މި ފަހަރު ޖުމްލަ ފަސް ޕާޓީއަކަށް ފައިސާ ދޫކުރި އެވެ.

ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރި ގޮތުން ތަފްސީލު އީސީން އާންމުކުރި އިރު އެންމެ ގިނައިން ފައިސާ ދޫކުރީ ރާއްޖޭގައި މިވަގުތު އެންމެ ގިނަ މެމްބަރުން ތިބި ޕީއެންސީއަށެވެ. އެއީ 13.3 މިލިއަން ރުފިޔާ އެވެ.

ދެވަނައަށް އެންމެ ގިނަ ފައިސާ ދޫކުރީ އެމްޑީޕީ އަށެވެ. އެއީ 8.4 މިލިއަން ރުފިޔާ އެވެ.

ތިންވަނައަށް އެންމެ ގިނަ ފައިސާ ދޫކުރީ ޖުމްހޫރީ ޕާޓީ އަށެވެ. އެއީ 2.7 މިލިއަން ރުފިޔާ އެވެ.

އަދި އެމްޑީއޭއަށް 1.8 މިލިއަން ރުފިޔާ އަދި އަދާލަތު ޕާޓީއަށް 1.7 މިލިއަން ރުފިޔާ ވެސް ދޫކުރި އެވެ.

އެއާއެކު ޖުމްލަ 28 މިލިއަން ރުފިޔާ މި ފަހަރު ސިޔާސީ ޕާޓީތަކަށް ދޫކޮށްފައިވެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!