އައިޕީޔޫގެ މަގާމުތަކަކަށް މަޖިލީހުގެ ތިން މެންބަރަކު އިންތިހާބުވެއްޖެ

އިންޓަ ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ މުހިންމު ތިން މަގާމަކަށް ރައްޔިތުންގެ މަޖިލީހުގެ ތިން މެންބަރަކު އިންތިހާބުވެވަޑައިގެންފިއެވެ.
އުޒްބަކިސްތާނުގެ ވެރިރަށް ތަޝްކެންތުގައި މިހާރު ކުރިއަށްދާ އައިޕީޔޫގެ 150 ވަނަ އެސެމްބްލީގައި އައިޕީޔޫގެ ތިން މަގާމަށް އިންތިހާބުވެވަޑައިގެންނެވީ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާއާއި ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް އަދި ގައްދޫ ދާއިރާގެ މެންބަރު މުހައްމަދު އަލީ އެވެ.
ސައުދާ އިންތިހާބުވެވަޑައިގެންނެވީ ސުލްހައާއި ބައިނަލްއަގުވާމީ ހަމަޖެހުމާ ގުޅޭ ކޮމިޓީއަށެވެ. އަދި މުހައްމަދު އަލީ، ސައިންސްއާއި ޓެކްނޮލޮޖީއާ ގުޅޭ ވޯކިން ގްރޫޕްއަށް އިންތިހާބުވެވަޑައިގެންނެވި އިރު އަނާރާ އިންތިހާބުވެވަޑައިގެންނެވީ އަންހެނުންނާ ގުޅޭ ޕާލަމަންޓޭރިއަން ބިއުރޯއަށެވެ.
މީގެ ކުރިން ވެސް މަޖިލީހުގެ މެންބަރުން ވަނީ އައިޕީޔޫގެގެ އެކި މަގާމުތައް އަދާކުރައްވާފައެވެ. އެގޮތުން އެންމެ ފަހުން ސްވިޒަލޭންޑުގެ ޖެނީވާގައި ކުރިއަށްދިޔަ އައިޕީޔޫގެ 149 ވަނަ އެސެމްބްލީގައި ސައުދާ ވަނީ ޔަންގް ޕާލަމެންޓޭރިއަންސް ފޯރަމްގައި އޭޝިޔާ ޕެސިފިކް ސަރަހައްދު ތަމްސީލް ކުރައްވައިފަ އެވެ،
ރައްޔިތުންގެ މަޖިލިސް އައިޕީޔޫގެ މެންބަރަކަށްވީ 2005 ވަނަ އަހަރު އެވެ.
އައިޕީޔޫއިން އަހަރެމެންނަށް ކުރާނެ ފައިދާ އަކީ ކޮބާ؟ އަބަދުވެސް އަންހެނުންނާ ފިރިހެނުންނަށް ހަމަހަމަ ފުރުސަތެއްގެ ވާހަކަ ދައްކަނީ ދުވަހަކު އެކަނެއް ނުކުރެވޭނެ ކިހިނެތް ފިރިހެނަކަ އަންހެނަކަ އެއްހަމަ ކުރާނީ އިސްލާމްދީނުގަ މިކަން ހަމަހަމަ ކޮއްފަ އޮތްގިތަކަށް މިކަން ހަމަހަމަ ވާނީ ހުޅުނބު ކަހާ ހެދިޔަސް ޑިމޮކްރަސީއިން ތިކުރާކަމެއް ނުކުރެވޭނެ އިސްލާމީ އުންމަތަށް އޮތް ބޮޑު ނުރައްކަލެއް ތޮޔަ ޑިމޮކްރަސީ އަކީ ފަސާދަ