ޚަބަރު

ފޭސް ދޭއްގައި 3000 މީހުންނަށް ނަމާދުކުރެވޭ ވަރުގެ މިސްކިތެއް އަޅަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފޭސް ދޭއްގައި މިސްކިތެއް އަޅަން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--

ހުޅުމާލޭގެ ފޭސް ދޭއްގައި 3000 މީހުންނަށް ނަމާދުކުރެވޭ ވަރުގެ މިސްކިތެއް އަޅަން ބަޔަކާ ހަވާލުކޮށްފި އެވެ.

Ads by MPL

އިސްލާމިކް މިނިސްޓްރީން ބުނީ އެ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ކުރަނީ ހެޔޮއެދޭ އަމިއްލަ ފަރާތަކުން ހަރަދުކޮށްގެން ކަމަށާއި ކޮންޓްރެކްޓަރެއް ހަމަޖައްސާނީވެސް އެފަރާތުން ކަމަށެވެ.

އެ ތަން އަޅަން ނިންމާފައިވަނީ ހުޅުމާލެ ފޭސް 2 ލޮޓު 22386 ގައި 18720.79 އަކަފޫޓުގެ ބިމެއްގަ އެވެ.

އެ މަސައްކަތް ހަވާލުކުރީ މިސްކިތް އަޅަން ބިން ހަވާލުކުރާ ތާރީހުން ފެށިގެން ދެ އަހަރުގެ ތެރޭގައި މިސްކިތް އިމާރާތްކޮށް ނިންމާ ގޮތަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ މިސްކިތް ނިމޭއިރު، ސޯލާއާއި އޭސީ ވެސް ހަރުކުރެވޭނެ ކަމަށެވެ، އަދި މިސްކިތްތަށް ޑިޒައިން ކޮށްފައިވަނީ ކޮންމެ މިސްކިތެއްގައި ވެސް ގުރުއާން ކިޔަވައިދެވޭ ގޮތަށް ކްލާސް ރޫމާއި ލައިބްރަރީ ހިމެނޭ ގޮތަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިހާރު ހުޅުމާލޭގައި އަޅަމުންދާ ދާއިމީ މިސްކިތަކުގެ ތެރެއިން ބައެއް މިސްކިތް މިއަހަރު ނިމެނޭކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!