ފާރުތަކަށް ފަރުވާދޭން ހާއްސަ ކްލިނިކެއް ހުޅުމާލެ ހޮސްޕިޓަލުގައި ހުޅުވައިފި

ފާރުތަކަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލުގައި ހާއްސަ ކްލިނިކެއް ހުޅުވައިފި އެވެ.
ހުޅުމާލެ ހޮސްޕިޓަލުން ބުނީ މިއީ ފާރުތަކުގެ ފަރުވާއަށް އޮންނަ ޑިމާންޑް އިތުރުވެފައިވާތީ ހުޅުވި ކްލިނިކެއް ކަމަށެވެ.
އެގޮތުން އެ ކްލިނިކުން އާދައިގެ ފާރުތަކާއި އަދި ރަނގަޅުނުވާ ފާރުތަކަށް ވެސް ފަރުވާ ދެެވޭނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.
"އެޑްވާންސް ވައުންޑް ކެއާ"ގެ ނަމުގައި ހުޅުވި އެ ކްލިނިކްއިން ވަރަށް ފުރިހަމަ ހިދުމަތެއް ލިބިގެންދާނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.
އެގޮތުން ހަކުރު ބަލި ހުންނަ މީހުންނާއި، ސާޖަރީ ހަދާފައިވާ ފަރާތްތަކާއި ޖަރާސީމު އަށަގެންފައިވާ ފާރުތަކަށް ފަރުވާ ދެވޭނެ ކަމަށް ވެސް ހުޅުމާލެ ހޮސްޕިޓަލުން ބުންޏެެވެ.
އެ ކްލިނިކް ހުޅުވިފައި ހުންނާނީ ކޮންމެ އަންގާރަ އަދި ބުރާސްފަތި ދުވަހެއްގެ ހެނދުނު ނުވަޔަކުން މެންދުރު ދޭކަށެވެ.
އެހެނިހެން ހޮސްޕިޓަލުތަކާއި އަދި ސިއްހީ ހިދުމަތް ދޭ ތަންތަނުން ވެސް އެ ކްލިިނިކަށް ރިފާ ކުރެވެ އެވެ.
މި އަަހަރުގެ މިހާތަނަށް 5076 ފަރާތެއްގެ ފާރުތަކަށް ފާރުވާ ދިން ކަމަށް ވެސް ހުޅުމާލެ ހޮސްޕިޓަލުން ބުންޏެވެ.
