ޚަބަރު

އާންމުންނަށް ވަދެވޭ ގޮތަށް ރައީސް މުއިއްޒުގެ ވަޓްސްއަޕް ޗެނެލްއެއް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް

އާންމުންނަށް ވަދެވޭ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޓްސްއަޕް ޗެނެލްއެއް ހުޅުވައިފި އެވެ.

Ads by STELCO

ރަައީސް މުއިއްޒު މިއަދު އެކްސްގައި ވަނީ އެ ޗެނަލް ހުޅުވިކަން އިއުލާންކޮށް އެ ޗެނަލްއާ "ޖޮއިން" ކުރުމަށް އިލްތިމާސްކުރައްވައިފަ އެވެ..

އެ ޗެނަލްއިން ސަރުކާރުގެ މުހިންމު އެކި މައުލޫމާތުތަކާއި ކޮންމެ ދުވަހަކުވެސް އެކި އަޕްޑޭޓްތައް ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މިހާރުވެސް އެ ޗެނަލްއާ 1000އަށް ވުރެ ގިނަ މީހުން ވަނީ ގުޅިފަ އެވެ.

އާންމުންނާ ގުޅުން ބޭއްވުމަށް ރައީސް މުއިއްޒު ގިނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުން ނެވެ.

އެގޮތުން ވީޑިއޯ މެދިވެރިކޮށް ސޯޝަލް މީޑީއާގައި ސުުވާލު ކުރުމުގެ ފުރުސަތު ދެއްވާފައިވާ އިރު އެމަނިކުފާނު ދަނީ އެ ސުވާލުތަކަށް ހަމަ ވީޑިއޯ މެދުވެރިކޮށް ޖަވާބުވެސް ދެއްވަމުން ނެވެެ.

އޭގެ އިތުރުން ސަރުކާރުގެ އެކިއެކި ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް "ރައްޔިތުންނާ އެކު" ނަމުގައި ރައީސް އޮފީހުން ދަނީ ހާއްސަ ޕޮޑްކާސްޓެއްވެސް ގެނެސްދެމުން ނެވެ.