ޚަބަރު

ތިން އެޕާޓްމެންޓަކާއި ވެހިކަލްތަކެއް ފާސްކޮށް ކިލޯއެއްގެ ޑްރަގާ އެކު ދެ މީހަކު ހައްޔަރުކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ހުޅުމާލެ ފޭސް ދޭއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި ހައްޔަރުކުރި ދެ މީހުން / ފޮޓޯ:ފުލުހުން

ހުޅުމާލެ ފޭސް ދޭއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން އެޕާޓްމެންޓަކާއި ވެހިކަލްތަކެއް ފާސްކޮށް ކިލޯއެއްގެ ޑްރަގާ އެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

Ads by STELCO

ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކުރީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ކަމަށެވެ.

މިދިޔަ ހޮނިިހިރު ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ހދ. ނޭކުރެންދޫ / ސާޒް، އިބްރާހީމް ރިސްފާން (25އ) އާއި މ. ވިލާތުކުންނާރުގެއާގެ، މުހައްމަދު ޒައީން (36އ) އެވެ.

އޮޕަރޭޝަނުގައި، ހުޅުމާލެ ފޭސް ދޭއްގެ ތިން ޓަވަރެއްގެ ތިން އެޕާޓްމަންޓަކާއި ދެ ކާރު އަދި ދެ ސައިކަލު ބަަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ބަަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާއިރު، އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 968.6 ގްރާމް ހުރިކަން ފާހަގަކުުރި އެވެ.

ފުލުހުން ބުނި ގޮތުގައި މައްސަލަ އާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ފަސް ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމުގަ އެވެ.

ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

Ads by Allied Insurance